މި މައްސަލާގައި ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު ވަނީ ޖަހާފަ އެވެ. މި އެންމެންގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާދީފަ އެވެ.
ހައްޔަރުކުރި މީހުން
މި އެންމެންގެ ބަންދު އަމުރުގައިވާ ގޮތުން މި އެންމެންވެސް ހައްޔަރުކުރި އެޕާޓުމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއ،ި ފައިސާއާއ،ި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެމީހުން ތިބި ތަނަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާތަނެއްކަމަށާއ،ި މިތަނުން ފައިސާއާއި މަސްތުވާތަކެތި ހުރި ރަބަރުޕެކެޓް ފެނިފައިވާކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.
މިތަނުން ހައްޔަރުކުރި އެންމެންވެސް ބުނީ އެތަނުން ފެނުނު މަސްތުވާތަކެއްޗާ އެމީހުންނާ ގުޅުމެއް ނެތްކަމަށެވެ. އަދި މިތަނުން އަތުލައިގަތް ޒަޔާން ޔޫސުފްގެ އަތުން 18200 ރުފިޔާ ފެނުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭނާ ކޯޓުގައި ބުނި އެ ފައިސާއަކީ ފޯނެއް ގަތުމަށް ރައްކާކޮށްފައިވާ ފައިސާކަމަށެވެ.