މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ
ފުލުހުން މި އެންމެންގެ މައްޗަށް ކުރަނީ މަސްތުގެ ހާލަތުގައި ތިބެ އާއްމުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމެވެ.
ކޯޓުން ވަނީ މި އެންމެންގެ ބަންދަށް ފަސް ދުވަސް ޖަހާދީފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން މީނާގެ ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި މީނާއާ އިތުރު ބަޔަކު ބާރު ސްޕީޑުޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ސައިކަލު ދުއްވަމުން ގޮސ،ް މީނާ އިތުރު މީހަކު އިން ސައިކަލު ފުލުހުން ޖަހާފައިހުރި ވީސީޕީގެ ބެރިކޭޑުގައި ޖެހި އެތަނުގައި ހުރި ފުލުހެއްގެ ގައިގައި ޖެހި ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަންވެސް ފުލުހުން ވަނީ ކޯޓުގައި ފާހަގަކޮށްފަ އެވެ.
ސިނަމާލެ ބްރިޖުގެ ހައިވޭގައި ރޭ ފަތިހު ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން އެވަގުތު ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެއްސީ ގަސްދުގައި ކަމަށް ތަހުގީގަށް މިހާތަނަށް ބެލެވޭ ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު މިއަދު ވަނީ ވިދާޅުވެފަ އެވެ.