ads
ޒަހަމްވި ފުލުސް އޮފިސަރުގެ ހާލު ބަލާލަން މިނިސްޓަރު ކުރެއްވި ޒިޔާރާތުގެ ތެރެއިން
ޒަހަމްވި ޕޮލިސް މީހާއަށް ގޮވާލަން މިނިސްޓަރު ވަޑައިގެންފި
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގައި ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބަލާލުމަށް މިނިސްޓަރު އަލީ އިޙްސާން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފި އެވެ.
Advertisement

ފުލުހުން ބުނީ މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދް ފިކްރީވެސް ބައިވެރިވެލެއްވިކަމަށެވެ.

މި ޒިޔާރަތުގައި މިނިސްޓަރު ވަނީ، އެއްވެސް ފަސްޖެހުމެއްނެތި ގައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކެވި ހިތްވަރާއި، ސާބިތުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތް ފާހަގަކުރައްވާފައިކަމަށް ފުލުހުން ބުނެ އެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ އޮފިސަރުން ވަމުންދާ މަތިވެރި ގުރުބާނީ ޝުކުރުވެރިކަމާއެކު މިނިސްޓަރު ފާހަގަކުރެއްވިކަމަށްވެސް ފުލުހުން ބުނެ އެވެ. 

މި ޒިޔާރަތުގައި މިނިސްޓަރު ވަނީ ފުލުސް މީހާގެ އާއިލާގެ ފަރާތުން ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި މުއައްސަސާގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އާއިލާއަށް ދެއްވާފައިކަމަށް ފުލުހުން ބުނެ އެވެ. 

މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 17 ވަނަ ދުވަހުގެ ފަތިހު 04:29 އެހައިކަންހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. އަނިޔާވި އޮފިސަރަކީ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުން ދިޔަ އޮފިސަރެކެވެ. އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ލިބުނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ބެރިކޭޑެއްގައި ޖެހި ފުލުސް އޮފިސަރުގައި ގައިގައި ޖެހިގެންކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް