މަޖީދީމަގު ހުންނަ "އަތަމާ ޕެލެސް"ގެ ތިރީގައި ހިންގާ ރެސްޓޯރެންޓްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު 17:27 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނުކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ ރިޕޯޓް ލިބުމާއި އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ މާލޭ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 17:44 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެ ރެސްޓޯރަންޓްގެ ބަދިގޭގައި ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާން ރޯވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.