މިނިސްޓަަރު ސައީދު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުމޮށް ދޮގުވާހަކަތައް ފެތުރުމާއި އެމީހުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ޤައުމުގެ ކުރިމަގަށްޓަކާ ކުރަންޖެހޭ މުހިއްމުކަމެއްކަަމަށެވެ. އެގޮތުން ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި މިފަދަކަންކަމުން ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް، މިފަދަ ދޮގުވާހަކަތައްވާނީ ހިތްގައިމު މިޔުޒިކަކަށްކަމަށް ސައީދު ވިދާޅުވިއެވެ
ޤަބޫލުކުރަން ދަތިވިޔަސް، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިތަނބަކި ޓޫރިޒްމް. ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑަކީ ބަދަލުވަމުން “އިވޯލްވް” ވަމުންދާއެއްޗެއްކަން ފާހަގަކުރައްވާ ދޮގައި ހަސަދައިން އެ ދާއިރާއަށް ލިބޭނީ ގެއްލުންކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ޓޫރިޒަމްގެ ހަގީގަތް ނަފުރަތާއި ދޮގާއި ހަސަދައަކުން މިއިންޑަސްޓްރީ ބިނައެއް ނުކުރެވޭނެކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ޤާނޫނުކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުއަސާސީ އާއި ހިލާފު އެއްވެސްކަމެއް ރާއްޖޭގައި ނުހިންގޭނެކަމަށްވެސް ސައީދު ވިދާޅުވި އެވެ.
ވީމާ ކަންކަމުގެ ހަގީގަތް ބެލުމުގެ ބަދަލުގައި ދޮގުހަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް މިނިސްޓަރު ސައީދު އިލްތިމާސްކުރެއްވި އެވެ.