މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ސްކޫލްގައި ކުދިން ކިޔަވަން ތިބި ވަގުތެއްގައި، އިމާރާތުގެ ފުރާޅު ކުއްލިއަކަށް ވެއްޓިގެންނެވެ.
މި ހާދިސާ ހިނގުމާއެކު ކަމާބެހޭ އިދާރާތަކުން ވަނީ ސަލާމަތްކުރުމުގެ ކުއްލި މަސައްކަތްތަކެއް ފަށާފައެވެ. ނަމަވެސް، ފުރާޅު ވެއްޓުނު ވަގުތު ގިނަ އަދަދެއްގެ ދަރިވަރުން އޭގެ ދަށުވުމުގެ ސަބަބުން، 34 އަށްވުރެ ގިނަ ކުދިންގެ އިތުރުން އެ ކްލާހުގައި ހުރި ޓީޗަރަކު ވަނީ މަރުވެފަ އެވެ.
މި ހިތާމަވެރި ކާރިސާއާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ވަނީ މުޅި ގައުމުގައި ހުރި ތައުލީމީ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުއްލި އިންސްޕެކްޝަންތަކެއް ކުރިއަށްގެންދިއުމަށް އަންގާފަ އެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، މި އިންސްޕެކްޝަންތަކުގެ މައިގަނޑު ބޭނުމަކީ ގައުމުގެ އެކި ކަންކޮޅުތަކުގައިވާ ތައުލީމީ މުއައްސަސާތަކުގެ އިމާރާތްތަކުގެ ސަލާމަތީ ފެންވަރު ވަޒަންކޮށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
އެގޮތުން، ސްކޫލް އިމާރާތްތަކުގައި ހުރި ސަލާމަތީ ނުރައްކާތައް ދެނެގަނެ، ކުރިއަށް އޮތް ތަނުގައި މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގިޔަނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ވަގުތުން އަޅާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހާދިސާއާ ގުޅިގެން އަމިއްލަ ސްކޫލްތަކުގެ އިމާރާތްތަކުގެ ރައްކާތެރިކަމާމެދު އާންމުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.