ads
ހޭނައްތާފައި އޮއްވާވެސް ސިކުނޑިން ބަސްތައް ދެނެގަނެވޭކަން ހޯދައިފި
ހޭނައްތާފައި އޮއްވާވެސް ސިކުނޑިން ބަސްތައް ދެނެގަނެވޭކަން ހޯދައިފި
އޮޕަރޭޝަން ކުރުމަށްޓަކައި މީހުން ހޭނައްތާފައި ތިބޭއިރުވެސް، އިންސާނާގެ ސިކުނޑިއަށް ވާހަކަދައްކާ އަޑުއިވޭކަމާއި ބަސްތައް ދެނެގަނެވޭކަން ސައިންސްވެރިން ހޯދައިފި އެވެ.
Advertisement

 މި މުހިންމު ދިރާސާ ކުރިއަށްގެންގޮސްފައިވަނީ އެމެރިކާގެ ބޭލޯ ކޮލެޖް އޮފް މެޑިސިންގެ ރިސާޗަރުންނެވެ.

މަޝްހޫރު ސައިންޓިފިކް ޖާނަލް "ނޭޗަރ" ގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، އޮޕަރޭޝަން ތިއޭޓަރުގައި ބަލިމީހާ ހޭނައްތާފައި އޮންނައިރުވެސް ސިކުނޑިން ބަސްތައް ޕްރޮސެސްކޮށް، ދެން ބުނާނެ ބަހަކީ ކޮބައިކަން ކުރިއާލާ އަންދާޒާކުރެ އެވެ. މިއީ ސިކުނޑީގެ މަސައްކަތްތަކާ ބެހޭގޮތުން ކުރިން ގަބޫލުކުރެވިފައިވާ ގޮތްތަކަށް ބޮޑު ބަދަލެއް ގެނުވި ހޯދުމެކެވެ.

މި ހޯދުމުން ހާމަވި ގޮތުގައި، އިންސާނާ ހޭނެތިފައިވާ ހާލަތުގައިވެސް، ސިކުނޑީގެ ބަސްތައް ދެނެގަތުމާއި ތަހުލީލުކުރުމުގެ ގާބިލުކަން ވަރަށް ފުރިހަމައަށް ދަމަހައްޓައެވެ. ނޭނގުމުގެ ތެރޭގައި އޮއްވާވެސް ސިކުނޑިން ވަށައިގެންވާ މާހައުލުން އިވޭ އަޑުތައް ނަގައިގަނެ، އޭގެ މާނަ ދެނެގަތުމަށް ހަރަކާތްތެރިވާކަން މި ދިރާސާއިން ސާބިތުވެ އެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ދިރާސާގެ ސަބަބުން، ހޭނައްތައިގެން ކުރާ އޮޕަރޭޝަންތަކުގައި ބަލިމީހާގެ ސިކުނޑިއަށް ކުރާ އަސަރުތަކާ މެދު ސިއްހީ ދާއިރާގެ މާހިރުން ދެކޭގޮތް އިތުރަށް ސާފުވެ، ކުރިއަށް އޮތް ތަނުގައި ހޭނެއްތުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް