މި ކަމުގެ ސަބަބުން ދުނިޔޭގެ މޫސުމީ ނިޒާމުގެ ހަމަޖެހުން ހަލުވިކަމާއެކު ގެއްލެމުންދާ ކަމުގެ އިންޒާރު ސައިންސްވެރިން ވަނީ ދީފަ އެވެ.
ސައިންސްވެރިންގެ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންމެ ކަންބޮޑުވާންޖެހޭ މިންވަރަށް ގޯސްވެފައިވާ މުހިންމު ނިޝާންތަކުގެ ތެރޭގައި ޖައްވުގައި ހުރި ގްރީންހައުސް ގޭހުގެ މިންވަރާއި، ކަނޑުތަކުގެ ހޫނުމިން އަދި ކަނޑުގެ ފެންމަތި އުފުލުން ހިމެނެ އެވެ. މިއިން ކޮންމެ ކަމެއްވެސް މިހާރު ހުރީ ދުނިޔޭގެ ތާރީޚުގައިވެސް މީގެ ކުރިން ދެކެފައިނުވާފަދަ ނުރައްކާތެރި އުސްމިނެއްގަ އެވެ.
ދުނިޔޭގެ މޫސުމީ ނިޒާމު ހަލުވިކަމާއެކު ނުރައްކާތެރި ދަރަޖައަކަށް ބަދަލުވަމުންދާ ކަމުގެ ވަރުގަދަ އިންޒާރެއް ސައިންސްވެރިން ވަނީ ދީފައެވެ. މޫސުމީ މުހިންމު ނިޝާންތައް މިފަދަ ރެކޯޑު މިންވަރަކަށް ގޯސްވަމުންދިއުމަކީ ދުނިޔޭގެ މޫސުމީ ނިޒާމު ނުރައްކާތެރި ހާލަތަކަށް ދެމުންދާކަން ސާފުކޮށް އަންގައިދޭ ކަމެކެވެ.