މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީގެ 2025ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

Advertisement
މި ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހިއްޞާދާރުންނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އަހަރީ އާންމު ޖަލްސާގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެވޭނެކަމަށެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ:
- ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށައަޅާފައިވާ އަދަދު ފާސްކުރުން
- 2026ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރ ހޮވައި އެފަރާތުގެ އުޖޫރަ ކަނޑައެޅުން
- ކުރިއަށް އޮތް ދައުރަށް އާންމު ހިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުން އައްޔަންކުރުން
އެމްޓީސީސީގެ 2025ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ އެންމެހައި ޙިއްޞާދާރުން މިމަހުގެ 27ވަނަ ދުވަހުގެ 20:30ގެ ނިޔަލަށް ރަޖިސްޓްރީކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.