ads
މާލޭ ސިޓީ ކައުންސިލް ބައްދަލުވުމުގެ ތެރެއިން
ބިންތައް އަތުލި މައްސަލާގައި ސިޓީ ކައުންސިލުން ކޯޓަށް ދަނީ
ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް ކައުންސިލްގެ އިހްތިސާސުން ވަކިކޮށް، ދައުލަތުން އަތުލި މައްސަލަ ކޯޓަށް ހުށައަޅަން މާލޭ ސިޓީން ކައުންސިލުން ނިންމައި ފިއެވެ.
Advertisement

ސިޓީ ކައުންސިލް ހިންގަމުން އަންނަ ބިންވެސް ހިމެނޭގޮތަށް ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތައް އަތުލީ މާލޭގެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށާއި، އެ ހިދުމަތްތައް އިތުރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކުގައި އެ ކަމާކާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށްޓަކައިކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

މި ނިންމުމާއި ދެކޮޅަށް ރޭ ކައުުންސިލުން ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ، ބިންތައް އަތުލިކަން ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވާތީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފަ އެވެ. އެގޮތުން އެ މައްސަލާގައި  އަމުރެއް ނެރުމަށް ކޯޓުގައި އެދުމަށާއިދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށައަޅަންވެސް ވަނީ ފާސްކޮށްފަ އެވެ. 

ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ބިންތަކަކީ ކައުންސިލު ހިންގުމަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށާއި ކައުންސިލުގެ ބަޖެޓު ތައްޔާރުކުރަނީ އެ ބިންތަކުން ވެސް ލިބޭ އާމްދަނީ ހިމަނައިގެން ކަަމަށެވެ. އެގޮތުން މިސްކިތްތައް ބެލެހެއްޓުމާއި ކައުންސިލުގެ އިދާރީ ހިންގުމަށް ބޭނުންވާ ފައިސާވެސް ހަމަޖައްސަމުން އައީ އެ ބިންތަކުން ލިބޭ އާމްދަނީންކަން މޭޔަރު އާޒިމް ފާހަގަކުރެއްވި އެވެ. އަދި ބިންތައް ދައުލަތަށް ނަގާފައި ވަނީ އެ ތަންތަން ތަރައްގީކޮށް މާލޭގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ޕްރޮޖެކްޓްތައް ވެސް ބިންތަކުގައި ހިންގުމަށް ރާވާފައިވާ ދަނޑިވަޅެއްގައި ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް