އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގައުމީ ޕުރޮގުރާމުތަކާ ގުޅޭ އުސޫލު އާންމުކޮށްފި އެވެ.

Advertisement
"އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގައުމީ ޕުރޮގުރާމުތަކާއި އެ ޕުރޮގުރާމުތަކުގެ ދާއިރާއިން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅޭ ކަންކަމުގެ ފަންނީ މިންގަނޑުތަކާއި އަމަލުކުރަންޖެހޭ ހަމަތަކާ ގުޅޭ އުސޫލު" 14 އޮކްޓޫބަރު 2026 ގައި ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ.
މި އުސޫލަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގުޅިގެން އެކުލަވައިލާފައިވާ އުސޫލެކެވެ.
މި އުސޫލުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވާ މުހިންމު ދާއިރާތަކަކީ:
- މައިންނާއި ކުޑަކުދިންގެ ޞިއްހަތު: ދަރިމައިވުމުގެ ޞިއްހަތާއި މައިންނާއި ޅަދަރީންގެ ޞިއްހަތާބެހޭ އާންމު ސިއްހަތު ޕުރޮގުރާމުތަކާއި ފޯރުކޮށްދެވޭ ހިދުމަތްތައް ދިނުމުގެ އިންތިޒާމުތައް ބަޔާންކޮށްފައިވެ އެވެ.
- ވެކްސިން ޕްރޮގުރާމް: ވެކްސިން ދިނުމުގެ ގައުމީ ޕުރޮގުރާމު (ނޭޝަނަލް އިމިއުނައިޒޭޝަން ޕުރޮގުރާމު) ކުރިއަށް ގެންދާނެ ގޮތާއި ރިކޯޑު ބެލެހެއްޓުމުގެ މިންގަނޑުތައް ހިމަނާފައިވެ އެވެ.
- ގައިންގަޔަށް އަރާ އަދި ނާރާ ބަލިތައް: ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލްކުރުމަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ އުސޫލުތައް ހިމެނެއެވެ. މީގެ އިތުރުން، ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުންވެސް ވަނީ ހިމަނާފައެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުން: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތައް އެކުލަވާލާފައިވެއެވެ.
- ހައިޖީން އަދި ކުނި މެނޭޖްކުރުން: ހައިޖީން ނުވަތަ "ވޮޝް" ގެ ހިދުމަތްތަކާއި، ސިއްހީ ހިދުމަތް ދިނުމުގެ ތެރެއިން އުފެދޭ ކުނި މެނޭޖްކުރުމާއި ނައްތައިލުމުގެ މިންގަނޑުތައް ބަޔާންކޮށްފައިވެ އެވެ.
- އޮކިއުޕޭޝަނަލް ހެލްތު އަދި ހޭލުންތެރިކުރުން: އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭޝަނަލް ހެލްތުގެ ހިދުމަތްތަކާއި، އާންމުން ހޭލުންތެރިކުރުމާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ މަސައްކަތްތައް ރާވައި ހިންގާނެ ގޮތްތައް ހިމެނެ އެވެ.