ads
ޒުވާނުންނަށް ސްޓްރޯކް ޖެހޭ މިންވަރު ދެގުނައަށް އިތުރުވެއްޖެ
ޒުވާނުންނަށް ސްޓްރޯކް ޖެހޭ މިންވަރު ދެގުނައަށް އިތުރުވެއްޖެ
ފާއިތުވި ތިން ދަހަރުގެ ތެރޭގައި އުމުރުން 20 އަހަރާއި 54 އަހަރާ ދެމެދުގެ ޒުވާނުންނަށް ސްޓްރޯކް ޖެހޭ މިންވަރު ދެގުނައަށް އިތުރުވެފައިވާ ކަން ސައިންސްވެރިންގެ އާ ދިރާސާއަކުން ދައްކައިފިއެވެ.
Advertisement

އެމެރިކަން އެކަޑެމީ އޮފް ނިއުރޯލޮޖީގެ "ނިއުރޯލޮޖީ" ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައިވާ ގޮތުން، މީގެ ކުރިން އުމުރުން ދުވަސްވީ މީހުންނަށް އާންމުކޮށް ޖެހޭ މި ނުރައްކާތެރި ބަލި، މިހާރު ޒުވާނުންގެ މެދުގައި ފެތުރެމުންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ދިރާސާ ކުރެއްވި ސައިންސްވެރިން ފާހަގަކުރައްވާ ގޮތުގައި، ޒުވާނުންނަށް ސްޓްރޯކް ޖެހުން އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ލޭނާރުތައް ބެދުމާއި، ލޭމައްޗަށް ދިއުމާއި، ހަކުރުބަލި އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން، ދިރިއުޅުމުގެ އާދަކާދައަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ދިމާވާ ނަފްސާނީ އަދި ޖިސްމާނީ ސްޓްރެސްއަކީ ވެސް ޒުވާނުންގެ މެދުގައި މި ބަލި އިތުރުވާ މައިގަނޑު އެއް ސަބަބެވެ.

ސިއްހީ ފަރުވާއަށް އައި ކުރިއެރުންތަކާއެކު، ސްޓްރޯކް ޖެހޭ ވަގުތު މީހާ ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެފައިވީ ނަމަވެސް، ދިގު މުއްދަތަކަށް ނުކުޅެދުންތެރިކަން ތަހައްމަލުކުރަންޖެހޭ ޒުވާނުންގެ އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. މިއީ ސްޓްރޯކުން ސަލާމަތްވާ ޒުވާނުންނަށާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި ދިރާސާއިން އެނގިގެންދަނީ ޒުވާނުންގެ ސިއްހަތަށް ދެވޭ ސަމާލުކަން އިތުރުކުރަންޖެހޭ ކަމެވެ. ޚާއްޞަކޮށް ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، ދިރިއުޅުމުގެ އާދަކާދަތައް ރަނގަޅުކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސްޓްރޯކް ޖެހުމުގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް