ads
މުދާ އުފުލާ އުޅަނދު ވަކި ގަޑިތަކެއްގައި ދުއްވުން މަނާކޮށްފި، ބްރިޖާއި ހައިވޭގައިވެސް މަނާ
މާލެ ސަރަޙައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި އެވެ.
Advertisement

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައެޅީ މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައިކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަމަށެވެ. 

އެގޮތުން ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް އާއްމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި، ސްކޫލްތަކުގެ ސަރަހައްދުތަކުގައި ކަނޑައެޅިފައިވާ އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި، މިފަދަ އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ. 

އެގޮތުން ހެނދުނު 06:00 އިން ހެނދުނު 08:30 އަށް 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލަރ ފަދަ  ބަރު އުޅަނދުފަހަރު ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި ހުޅުމާލޭގެ މަގުތަކާއި ބުރިޖާއި ހައިވޭގއިވެސް ދުއްވުން މަނައެވެ.

އަދި ހެނދުނު 11:30 އިން މެންދުރު 01:30 އަށް ވެސް 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލަރ ފަދަ  ބަރު އުޅަނދުފަހަރު ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި ބުރިޖާއި ހައިވޭގައިވެސް ދުއްވުން ވަނީ މަނާކޮށްފަ އެވެ. 

މި ނިމްމުމާއި ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް މިނިސްޓްރީން ވަނީ ދީފަ އެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް