ads
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއްތަލިބާއި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު. - ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލެ މަޝްރޫއުގައި ކަންބޮޑުވުންތަކެއް އެބަހުރި،ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭ: އެމްޑީޕީ
ރަސްމާލޭން ބޮޑު ބިމެއް ޔޫއޭއީގެ އީގަލް ހިލްސް އަށް ދީގެން ހިންގަން ނިންމާފައިވާ މަޝްރޫއުއާ ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓެއް ނަގައި، ރައްޔިތުން ނިންމާ ގޮތެއް ބެލުމަށް ފަހު ނޫނީ މަޝްރޫއު ކުރިއަށް ނުގެންދަން އިދިިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފ އެވެ.
Advertisement

އިދިކޮޅު އެމްޑީޕީން މިހެންބުނިއިރު، ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖޭ"ގެ ހުށަހެޅުން: 

ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް

ނަތީޖާ:

ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ސަރުކާރުން އެތައް ހޭދައެއްކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމަށްފަހު، އެ ތަނުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިނުމަށް އެއްބަސްވެފައިވާތީ އެކަމާމެދު ކަންބޮޑުވާ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި، ޕްރައިވެޓް ސެކްޓަރު ފުޅާކޮށް މިނިވަން ވިޔަފާރީގެ ފުރުސަތުތައް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކަންކަމަށް ތަރުހީބުދޭ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި އަދި އެ ފަރާތްތަކަކީ ރާއްޖޭގެ ތަރައްގީގައި ނުހަނު މުހިންމު ބައެއްކަމުގައި ދެކޭ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޕްރައިވެޓް ސެކްޓަރު ފުޅާކޮށް، މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމުގެ ގޮތުން ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ވެސް އެ ޕާޓީން ތަރުހީބު ދޭ ކަމަށް ބުންޏެވެ.

ނަމަވެސް، އީގަލް ހިލްސްއަށް ރަސްމާލެ އިން ބޮޑު ބައެއް ދިނުމަށް ހިންގާ މުއާމަލާތުގައި ސަރުކާރުން މިހާތަނަށް އަމަލު ކުރަމުންދާ ގޮތުން، އެ މުއާމަލާތާ މެދު ނުހަނު ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުންޏެވެ.

"ދެންނެވުނު މުއާމަލާތާ މެދު އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި، ސަރުކާރުން މިހައިތަނަށް ހާމަކޮށްފައިވާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް ހުރުމާއެކު، ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާކަމީ، ނުރައްކާތެރިކަމުގެ ނިޝާނެއް. ދިވެހިރާއްޖެއަށް އެހާމެބޮޑު ފައިދާއެއްވާން އޮތް ކަމެއް ނަމަ، މި ކަމުގެ ތަފްސީލު ހާމަނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް." ބަޔާނުގައި ބުންޏެވެ.

މި މަސްރޫއުއާއި ގުޅިގެން ދިވެހިންގެ މެދުގައި ބޮޑު ބަހުސެއް ފެށިފައިވަނިކޮށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހަދާފައިވާ ވީޑިއޯއަކާ އެކު އިންސްްޓަގްރާމްގައި އާއްމުކުރެއްވި މެސެޖެއްގައި އަލައްބާރު ވިދާޅުވީ އެ މަޝްރޫއު ހިންގަން ލިބުމަކީ އޭނާގެ ކުންފުންޏަށް ލިބުނު ފަހުރެއް ކަމަށެވެ. ރަސްމާލޭގައި ހިންގާ މަޝްރޫއުގައި ދިވެހިންގެ އުއްމީދާ އެއްގޮތަށް މަސައްކަތްކުރާނެ ކަމަށް ވެސް މެސެޖްގައި އޭނާ ވިދާޅުވި އެވެ. 

"ތާރީހުގައި އަންނަ އެންމެ ބޮޑު އިންވެސްޓްމެންޓާ އެކު ދިވެހިން އަޅުގަނޑުމެންނަށް އިތުބާރުކުރޭ. މިއީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ﷲ މިކަމުގައި ތައުފީގުދެއްވާށި. ﷲ އިރާދަކުރެއްވިއްޔާ އެ މީހުންގެ އުއްމީދާ އެއްގޮތަށް އަޅުގަނޑުމެން މަަސައްކަތްކުރާނަން،" ވީޑިއޯ މެސެޖްގައި އަލައްބާރު ވިދާޅުވި އެވެ.

މާލެއިން ފުރައިގެން ސްޕީޑްބޯޓުގައި 17 މިނެޓުން ދެވޭ ރާސްތާގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގައި އީގަލް ހިލްސްއިން ގާތްގަނޑަކަށް 500 ހެކްޓަރުގެ ސަރަހައްދެއް ތަރައްގީކުރާނެ އެވެ. މިއީ އާންމު ރިސޯޓަކަށް ވުރެ ބޮޑަށް، ފެންވަރު ރަނގަޅު ގެދޮރާއި، ހޮޓާތަކާއި، މަރީނާއަކާއި، ވިޔަފާރިކުރާ ތަންތަނުގެ އިތުރުން ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ހިމެނޭ ގޮތަށް ފަރުމާކުރާ ފުރިހަމަ ސަހަރެކެވެ. ބިމަށް އަގެއް، ކުއްޔެއް ނުނަގާ ގޮތަށް ރަސްމާލެއިން 500 ހެކްޓަރު ދޫކޮށްލާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ރަސްމާލޭ ގައި ކުރިއަށް ގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން ބައިނަލްއަގްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ރެސްޓޯރެންޓްތަކާއި، ފިހާރަތައް އަދި ހިތްހަމަޖައްސައިލުމާއި ދުޅަހެޔޮކަމަށް ހާއްސަ ސެންޓަރުތައް ވެސް ގާއިމު ކުރާނެ އެވެ.

މި މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި މިދިޔަ ހަފްތާ ސޮއިކޮށްފައިވާއިރު މި މަޝްރޫއާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއީ ރަސްމާލޭގެ ބިން "ވިއްކާލުން" ކަމަށް ބުނެ އެއްބަސްވުން އާންމު ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް