ads
ބަންޑުން ޖަހާލި ކޮޅު ވެއްޓިން މީހުން ސަލާމަތްކުރި ފުލުހުން ސީޕީއާއެކު
ބަންޑުން ޖަހާލި ކޮޅުވެއްޓިން މީހުން ސަލާމަތްކުރި ފުލުހުންނަށް ރަން މެޑަލް ދީފި
ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި "ހޯކްސް ވޮޔޭޖް" ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި މަސައްކަތް ކުރި ތިން ފުލުހަކަށް ރަން މެޑަލް ދީފި އެވެ.
Advertisement

"ހޯކްސް ވޮޔޭޖް" ނަމަކަށް ކިޔާ ލޭންޑިން ކްރާޕްޓް ތިލަފުށިން ފުރައިގެން ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރު އެވެ. އެ ލޭންޑިން ކްރާޕްޓުން 10 މީހުން ދަތުރުކުރިއިރު އޭގެތެރެއިން 8 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. 

އެމީހުން ސަލާމަތްކުރުމުގައި މަސައްކުރި ތިން ފުލުހަކަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" މިއަދު ވަނީ ދީފަ އެވެ. ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދެވެ.

ރަން މެޑަލް ލިބުނު ފުލުހުންގެ އޮފިސަރުން

  • ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245)
  • ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279) 
  • ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852) 

މި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ މީހުން ސަލާމަތްކުރުމުގެ މި މަސައްކަތުގައި އޮފިސަރުން ދެއްކެވި ހިތްވަރަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރެއްވާފައިކަމަށް ފުލުހުން ބުނެ އެވެ. 

"ހޯކްސް ވޮޔޭޖް" ބަންޑުން ޖަހާލާ ގެއްލުނު ދެމީހުން މިހާތަނަށްވެސް އަދި ފެނިފައެއް ނުވެއެވެ. އެއީ ދެ ބިދޭސީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް