ads
މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމީ ވުޒާރާއާއި އުރީދޫ ގުޅިގެން "އުރީދޫ މަސްޖިދުނާ" އިފްތިތާޙުކުރުުގެ ތެރެއިން - ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އުރީދޫގެ އެހީގައި މިސްކިތްތައް މަރާމާތު ކުރަނީ
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަގްސަދުގައި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އުުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ/އެމްޑީ ޝާޑީ ގަވަސްމީ އެވެ.

މިިނިސްޓްރީން ދެ ފަރާތުގެ މެދުގައި ވެވުނު މި އެއްބަސްވުމަކީ ދެ ފަރާތް ގުޅިގެން "މަސްޖިދުނާ ޕްރޮޖެކްޓް" ގެ ދަށުން މިސްކިތްތައް މަރާމާތުކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

މީގެ ކުރިން ވެސް އުރީދޫން ރާއްޖޭގެ ބައެއް މިސްކިތްތައް މަރާމާތު ކުރަން އެހީވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް