އެއީ އޮގަސްޓު މަހާ އަޅައިބަލާއިރު 14.9 ޕަސެންޓު ދަށް އަދަދެކެވެ. އޮގަސްޓު މަހު ރަސްމީ ރިޒާވްގައި ހުރީ 643.9 މިލިއަން ޑޮލަރެވެ. އަދި ބޭނުންކުރެވޭ ރިޒާވް ވަނީ 200.6 މިލިއަން ޑޮލަރުން 169.8 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އެއީ 15.4 އިންސައްތައިގެ ދަށްވުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ސެޕްޓެންބަރު މަހުގައި އެމްއެމްއޭއަށް ބޭރު ފައިސާ ލިބުނު ޖުމްލަ އަދަދަަށްވުރެ އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވުމެވެ. އެގޮތުން ފާއިތުވީ އޯގަސްޓު މަހާ އަޅައިބަލާއިރު، އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފަ އެވެ.
މިދިޔަ މަސްތަކެކޭ އެއްގޮތަށް ސެޕްޓެމްބަރު މަހު ވެސް، ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމަށް ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ވިއްކާފައިވާކަން ފާހަގަކުރި އެވެ.