ads
ސުޕްރީމް ކޯޓު
މަރަށް މަރު ހިފުމަށް ކުރި ހުކުމެއް ސުޕްރީމް ކޯޓުން ބާތިލުކޮށްފި
މަރަށް މަރު ހިފުމަށް ކުރި ހުކުމެއް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
Advertisement

ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައިވަނީ  2013 ވަނަ އަހަރު، މއ. އައިޝާ، ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހިމެނޭ، އޭރު 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމެވެ. މި މައްސަލާގައި އެ ކުއްޖާގެ މައްޗަށް މަރަށް މަރު ހިފަން ހުކުމްކުރީ ޖުވައިނަލް ކޯޓުންނެވެ. އަދި ހައިކޯޓުން ވަނީ އެ ހުކުމް ދަމަހައްޓާފަ އެވެ. 

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްޔިއުނާފުކުރީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ. އެގޮތުން މައްސަލަ އިސްތިއުނާފުކުރީ ކުޑަކުދިންގެ ޢަދުލުގެ ގާނޫނަށް އައި ބަދަލުތަކާއެކު، ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެތީ އެވެ.

މި މައްސަލަ ނިންމާ ސުޕްރީމް ކޯޓުން ނިންމި ނިންމުގައި ވަނީ އެ ކުއްޖާ މަރަށް ކުރި ހުކުމް ބާތިލްކޮށްފަ އެވެ. އެގޮތުން އެ ނިންމުން ނިންމާފައިވަނީ ކުޑަކުދިންގެ ޢަދުލުގެ ގާނޫނުގެ ދަށުން، 18 އަހަރު ނުފުރޭ ކުއްޖަކު ކުރި ކުށަކަށް މަރުގެ އަދަބު ދިނުން ގާނޫނު ހުއްދަކުރާ ކަމަކަށް ނުވާތީކަމަށް ހުކުމްގައިވެއެވެ. 

ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މި މައްސަލާގައި ވަނީ ދަށު ކޯޓްތަކުގެ ނިންމުން ބާތިލްކޮށް ކުޑަކުދިންގެ ޢަދުލުގެ ގާނޫނާއި ޖިނާއީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ކުއްޖާއަށް އަލުން އަދަބު ކަނޑައެޅުމަށް ޖުވައިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ.

އޭގެއިތުރުން އަލުން އަދަބު ކަނޑައެޅުމާ ހަމައަށް ނުވަތަ އެ ކޯޓުން އެ ނޫން ގޮތަކަށް ކަނޑައަޅަންދެން، ކުޑަކުދިންގެ ޢަދުލުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެކަށީގެންވާ މަރުކަޒެއްގައި އެ ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް