ads
އަބުޗާ
އަބުޗާ ދޫކޮށްލި މައްސަލަައިގައި ޕެރޯލް ބޯޑާއި ސުވާލުކުރަން މަޖިލިހުން ނިންމަައިފި
އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި ކަމަށް ފުލުހުން ތުހުމަތުކުރި އަދި 80 ކިލޯއަށްވުރެ ގިނަ ޑްރަގު ރާއްޖެއަށް އެތެރެކުރި މައްސަލައިގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އިބްރާހިމް ރަޝީދު (އަބުޗާ) މިނިވަންކުރި މައްސަލާގައި ޕެރޯލް ބޯޑް ހާޒިރުކޮށް ސުވާލުކުރަން މަޖިލިހުން ނިންމައިފި އެވެ.
Advertisement

ޖަލު ބަންދުގައި ހުންނަތާ ހަ އަހަރުވެފައިވަނިކޮށް އޭނާ މިނިވަން ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މި މައްސަލާގައި ސަރުކާރަށް ފާޑުކިޔުތައް އިތުރުވެ ޕްރެޝަރު ބޮޑުވުން ސަރުކާރުން ވަނީ ޕެރޯލް ބޯޑުގެ މެމްބަރުން މަގާމުން ވަކިކޮށްފަ އެވެ. އަދި ޕެރޯލް ބޯޑް ނިންމުން ބަދަލުކޮށް އަލުން  އިބްރާހިމް ރަޝީދު (އަބުޗާ) ވަނީ ޖަލަށް ގެންގޮސްފަ އެވެ.  

ޕެރޯލް ބޯޑުގެ އެ ނިންމުމުގެ ސަބަބުނ މަޖލީހުން އެ މައްސަލަ ބަލާދިނުމަށް އެދި ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އޭނާ ހުށައެޅުއްވި މައްސަލާގައިވަނީ ބޮޑު ކުށްވެރިޔަކު ދޫކޮށްލަން ޕެރޯލު މެމްބަރުންނަށް ގާނޫނީ ގޮތުން އޮޅުން އެރީ ސަބަބާއި އަދި މިފަދަ އޮޅުމެއްގެ ތެރެއިން މީގެ ކުރިން ބޮޑެތި ކުށްވެރިތަކެއް ދޫކރެވިފައިވޭތޯ އާއި އަދި އެނޫންވެސް ބައެއް ކަންކަނަ ބަލާދިނުމަށް ކުޑޫ ވަނީ ހުށައަޅުއްވާފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ކުޑޫގެ މި މައްސަލަ ވަނީ ހުށައަޅާފަ އެވެ. ޑްރަގުގެ ބޮޑެ ދޫކޮށްލުމުގެ ކަންކަން ހިނގައިދިޔަ ގޮތެއް ބަލައި ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށްވާތީ ކޮމެޓީން ވަނީ ކުޑޫގެ މައްސަލަ ބަަލައިގަނެ، އެ މައްސަލަ އެ ކޮމިޓީން ތަހުގީގުކުރުމަށް ނިންމާފަ އެވެ. 

އެގޮތުން ޕެރޯލު ބޯޑުގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ކޮމެޓީގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ވަނީ ތާއީދުކޮށްފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް