މި ވިޔަފާރިއަކީ 2024 ވަނަ އަހަރު ބީއެމްއެލް އިން ދޫކުރި ސްޓާޓްއަޕް ގްރާންޓް ކާމިޔާބުކުރި ނިޔާފް މުޙައްމަދުގެ އަމިއްލަ އިސްނެގުމުގެ މަތިން ފެށި މަސައްކަތެކެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ސިއްހަތަށް ފައިދާހުރި ޕްރޮޓީން ގިނަ "ޓޫނާ ޖާރކީ" ފަދަ ކަނޑުމަހުގެ ތަފާތު ބާވަތްތައް އުފައްދައި ބާޒާރަށް ނެރުމެވެ.
މީގެއިތުރުން، މި ވިޔަފާރީގެ ސަބަބުން ރަށުގެ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ލިބި، މަސްވެރިކަމުގެ ސިނާޢަތުގައި ދެމެހެއްޓެނިވި އުސޫލުތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދެއެވެ.
ގދ. ހޯނޑެއްދޫގައި ގާއިމުކޮށްފައިވާ "ދަ އައިލެންޑް ފެކްޓްރީ" - ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް
މިއީ އާ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ކޮންމެ އަހަރަކު ވެސް ހޮވާލެވޭ އެންމެ އުއްމީދީ ދެ ވިޔަފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދީ، ޒުވާން ވިޔަފާރިވެރިން ކުރިއެރުވުމަށް އެއްބާރުލުން ދިނުމެވެ.
މި ޕްރޮގްރާމުގެ ދަށުން ހޮވޭ ކޮންމެ ވިޔަފާރިއަކަށް 500،000ރ.ގެ ހިލޭ އެހީ ބޭންކުން ދޫކުރެ އެވެ.