އެމްއެމްއޭއިން ބުނީ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 5 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން 14 އޮކްޓޫބަރު 2026ގައި އައު ސްޓޮކެއް ގެނެސްފައިވާކަމަށެވެ.
އިގްތިސާދުގައި ނަގުދު ފައިސާއަށް އަލަށް އުފެދޭ ޑިމާންޑަށާއި އެ އޮތޯރިޓީއަށް ލިބޭ ނޫޓުގެ ތެރެއިން ބައުވެ ހަލާކުވެގެން ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށ،ް ނޫޓު ޗާޕުކުރުމުގެ މަސައްކަތް މި އޮތޯރިޓީން އަބަދު ވެސް ކުރަމުންދާކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެގޮތުނ،ް އަލަށް ގެނައި 5 ރުފިޔާގެ އައު ސްޓޮކަކ،ީ 2017 ވަނަ އަހަރު 5 ރުފިޔާގެ ނޫޓު ތައާރަފުކުރި ފަހުން މި ނޫޓު އަލުން ޗާޕުކޮށްގެން ގެނައި ފުރަތަމަ ސްޓޮކްކަމަށް އެމްއެމްއޭއިން ބުނެ އެެވެ.
ފަސް ރުފިޔާގެ ނޫޓަކީ ވިޔަފާރި މުއާމަލާތްތަކުގައި ވިޔަފާރިތަކުން ގިނަ އަދަދަކަށް ބޭނުންކުރާ ނޫޓެެއް ނަމަވެސް މި ނޫޓަކީ ބޭންކުތައް މެދުވެރިކޮށް މި އޮތޯރިޓީއަށް އަނބުރާ ޖަމާކުރާ މިންވަރު ވަރަށް ދަށް ނޫޓެއްކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެހެންކަމުން ކޮންމެ އަހަރަކު އާންމުންނާއި ބޭންކްތަކަށް މި ނޫޓު ގިނަ އަދަދަކަށް ދޫކުރަމުން ދާކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އަލަށް ނެރޭ މި ނޫޓުގައިވާ ތާރީހަކީ 31 ޖުލައި ،2025 6 ޞަފަރު 1447އެވެ. އަދ،ި 5 ރުފިޔާގެ މި އާ ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެކަމަށް އެމްއެމްއޭއިން ބުނެ އެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވ،ާ މޫނުމަތީ އަގާއެކުކަމަށް އެމްއެމްއޭއިން ބުނެ އެވެ. މި 5 ރުފިޔާގެ ނޫޓާ އެކު މިހާރު ދައުރުވަމުންދާ 5 ރުފިޔާގެ ނޫޓު ވެސް ދައުރުވަމުންދާނެކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ.