ads
ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކަނިކޮށް ހައްޔަރުކުރި މީހުން
ކަޅު ބަޒާރުގައި ބޮޑުއަގުގައި ޑޮލަރު ވިއްކި ބަންގާޅުންތަކެއް ތަކެއް ހައްޔަރުކޮށް އިމިގްރޭޝަނަށް
ކަޅު ބަޒާރުގައި އަގުބޮޑުކޮށް ޑޮލަރު މާރުކުރި ބިދޭސީންތަކެއް ހައްޔަރުކޮށް އިމިގްރޭޝަނާއި ހަވާލުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މި މައްސަލާގައި ބަންގުލަދޭޝް ތިން ރައްޔިތަކު ހައްޔަރުކޮށްފައިވާކަމަށެވެ. އ

އެމީހުން ހައްޔަރުކުރީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުންކަަމަށެވެ. 

މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އާމިރު ހުސައިން އާއި އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ހާން އެވެ. މި އެންމެންވެސް ހައްޔަރުކުރީ އިއްޔެކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްކަމަށް ފުލުހުން ބުނެ އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ  ހިއްސާކުރައްވަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރަމުން ގެންދިޔުމަށް ފުލުހުން އެދެއެވެ.

މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ އަދި ވަޓްސްއެޕް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެކަމަަށާއި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު އަދާކުރާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް