އަމީތާބްގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ވޭތުވެދިޔަ 26 އަހަރު ދުވަހު އޭނާ ވަނީ ނުހަނު އަޒުމާއެކު ހާއްސަ ކަސްރަތު ރޫޓީންއަކަށް އަމަލުކޮށްފަ އެވެ.
އަމީތާބްގެ ފިޓްނަސް ޓްރޭނަރު ހާމަކުރި ގޮތުގައި، އޭނާގެ ކަސްރަތުތައް ބައްޓަންކުރެވިފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ސިއްޙަތަށް އެކަށޭނެ ގޮތަށް ހާއްސަކޮށް ތައްޔާރުކުރެވިގެންނެވެ. މިގޮތުން، އަމީތާބް ގަވާއިދުން ކުރާ ކަސްރަތުތަކުގެ ތެރޭގައި ހަށިގަނޑުގެ ވަރުގަދަކަން ދެމެހެއްޓުމަށް ކުރާ ސްޓްރެންތް ޓްރޭނިންގއާއި، "ޕްރާނާޔާމާ" ނޭވާލުމުގެ ކަސްރަތުތައް ހިމެނެ އެވެ.
މީގެއިތުރުން، އުމުރާ ގުޅޭގޮތުން ހުޅުތަކުގެ ހަރަކާތްތެރިކަން އިތުރުކުރުމަށްޓަކައި ބަދަލުތަކާއެކު ތައްޔާރުކޮށްފައިވާ "ޖޮއިންޓް މޮބިލިޓީ" ކަސްރަތުތަކަކީވެސް އޭނާގެ ދުޅަހެޔޮކަމުގެ މުހިންމު ބައެކެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި އަމީތާބް ދެމެހެއްޓި އަޒުމާއި އަހުލާގްކީ، މި ފަދަ އުމުރެއްގައިވެސް އޭނާ ކެނޑިނޭޅި ހަރަކާތްތެރިވެ އުޅުމުގެ މައިގަނޑު ސިއްރު ކަމުގައި އޭނާގެ ޓްރޭނަރު ފާހަގަކުރި އެވެ.