ads
އެމްއެމްއޭ މައި އޮފީސް
ބޭސްފަރުވާއަށް 1،000 ޑޮލަރު ލިބޭނީ މި 6 ގައުމަށް ދަންޏާ
އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު އެމްއެމްއޭއިން ވިއްކާ 1،000 ޑޮލަރު ވަކި ގައުމަތަކަށް ދާ މީހުންނަށް އެކަނިކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން މިއަދު އިއުލާންކޮށްފި އެވެ.
Advertisement

އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ބޭސްފަރުވާއަށް ދާ މީހުންނަށް 1،000 ޑޮލަރު ވިިއްކާނީ 6 ގައުމަކަށް ދާ މީހުންނަށް އެކަނި ކަމަށެވެ. އެއީ އިންޑިއާ، ސްރީލަންކާ، ތައިލެންޑު، މެލޭޝިއާ، ސިންގަޕޫރު އަދި ޔޫއޭއީއަށް ބޭސްފަރުވާއަށް ދާ މީހުންނަށް އެކަނިކަމަށް އެމްއެމްއޭއިން ބުނެ އެވެ. 

އެމްއޭއިން ބުނީ 1000 ޑޮލަރު ދޫކުރަން ވަކި ގައުމުތަކެއް ކަނޑައެޅީ ބޭސްފަރުވާއަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ހަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީން ކުރުމަށް ކަމަށެވެ. 

މީގެކުރިން އަމިއްލަ ބޭސްފަރުވާއަށް ދާ ބޭނުންވާ މީހުން ކޮންމެ ގައުމަަކަށް ދިޔަނަމަވެސް 1000 ޑޮލަރު އަައީ ދެމުންނެވެ. އެ ފައިސާ ދޫކުރަމުން އައީ އެ މީހަކު ދައްކަން ދާ ހޮސްޕިޓަލްގެ އެޕޮއިންޓްމަންޓް ސިޓީއާއި ޑޮކްޓަރުގެ ލިޔެކިޔުންތައް ހުށައެޅުމުންނެވެ.

އެމްއެމްއެއިން ބުނީ ބޭސްފަރުވާގެ ބޭނުންތަކަށް މިދިޔަ މަހުގެ ނިޔަލަށް 41.1 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ތިން ގުނަ އިތުރު އަދަދެއް ކަމަށެވެ. އަދި އޭގެތެރެއިން 29.2 މިލިއަން ޑޮލަރު ވިއްކާފައިވަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންނަށްކަމަށްވެސް އެމްއެމްއޭއިިން ބުނެ އެވެ.

އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް ޑޮލަރު ވިއްކާނެ ގައުމުތައް ލިމިޓްކުރިޔަސް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ މީހުންނަށް މިހާރެކޭވެސް އެއްގޮތަށް 2،000 ޑޮލަރު ލިބޭނެކަމަށް އެމްއެމްއޭއިން ބުނެ އެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް