އޮޑިޓް އޮފީހުން ވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ހޯމް މިނިސްޓްރީގެ ކޮންޕްލެޔަންސް އޮޑިޓް ރިޕޯޓް އާއްމުކޮށްފަ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ކ.މާފުށީ ޖަލުގައި 50 ގޮޅީގެ ހައިސެކިއުރިޓީ ވިންގަކާއި ކ.މާފުށީ ޖަލުގައި 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި އަވަސްކުރުމަށްކަމަށް ބުނެ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. އަދި އޭގެ ފަހުން ޕޮލްކޯއިން ވަނީ އެއްވެސް ބިޑުކުރުމެއް ނެތި އެ މަސައްކަތް "ވީ އަވާ އިންވެސްޓްމަންޓް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް ސަބް-ކޮންޓްރެކްޓް ކޮށްފައިކަންވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
މި މަސައްކަތުގެ ދަށުން އިތުރުން، 50 ގޮޅީގެ މަސައްކަތް ކުރާ ސަރަހައްދުގައި ހުރިކަމަށް ބުނާ އިމާރަތެއް ތަޅާލައި އެ ސަރަހައްދު ސާފުކުރުމަށް 2.9 މިލިއަން ރުފިޔާ ބީއޯކިޔުގައި ހިމަނައި އެ މަސައްކަތައްވާ ފައިސާ ޕޮލްކޯއަށް ދީފައިވައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. އެހެންނަމަވެސް، މި މަސައްކަތް ޕޮލްކޯއާ ހަވާލުކުރުމުގެ ކުރިން 20 ޖަނަވަރީ 2022 ގައި ގޫގުލް އާތް އިން
ނަގާފައިވާ ފޮޓޯތަކަށް ބަލާއިރު އެ ދުވަސްވަރު އެ ސަރަހައްދުގައި އެއްވެސް އިމާރާތެއް ނެތްކަން ފާހަގަކުރެވިފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
އެހެންކަމުން، ކުރިން ހުރި އިމާރާތެއް ތަޅާލާފައި ސައިޓު ސާފުކުރުމަށް ބީއޯކިޔުގައި ހިމަނާފައިވުމާއި މި މަސައްކަތަށް ޕޮލްކޯއަށް ފައިސާ ދީފައިވުމަކީ، ނުކުރާ މަސައްކަތަކަށް ދީފައިވާ ފައިސާއެއްކަން އޮޑިޓް ރިޕޯޓްގައި ވެއެވެ.