ads
ދިރާގު ރޯޑް ރޭސް: ނިމުނު އަހަރުގެ ދުމުގައި 4،500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި.
ދިރާގު ރޯޑްރޭސްގައި މި އަހަރު 5،500 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ
އަންނަ މަހު ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.
Advertisement

އަންނަ މަހުގެ 20 ގައި ބާއްވާ ދުވުމަކީ ރާއްޖޭގެ ދުވުމުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ އިތުރު އަނެއް ސަބަބަކީ، ޑީއެމްއާރުއާރު 2026 އަކީ މިހާރު 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ މުބާރާތަކަށް ވުމެވެ. މީގެ ސަބަބުން، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގްގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވެގެންދާނެ އެވެ.

އެހެން އަހަރުތަކާ އެއްފަދައިން، ޑީއެމްއާރުއާރު 2026އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި ހަރަކާތުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފައިސާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޑީއެމްއާރުއާރަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެވެ.

މި ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާތަކުގެ ގިނަ ދުވުންތެރިންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ދުވުންތެރިން ވެސް ފެނިގެންދާ މަގުބޫލު ހަރަކާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް