ads
އެކްސިޑެންޓްވޮ ޑިންގީ ފުނޑުފުނޑުވެފައި
ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ދެމީހަކަށް އަނިޔާވެއްޖެ
ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ދެމީހަކަށް އަނިޔާއްޖެ އެވެ.
Advertisement

ފުލުހުން ބުނީ މި ހާދިސާ ހިންގާފައިވަނީ ރޭގެ ވަގުތެއްގައިކަމަށެވެ. މި ހާދިސާ ހިނގީ ޏ. ފުވައްމުލަކު ބޮޑުފަންނާ ދިމާލު ކަނޑުމަތީގައިކަމަށްވެސް ފުލުހުން ބުނެ އެވެ. 

މި ހާދިސާ ހިނގީ "ސަދަން ސްޕޯޓްސް ފިޝިން" ލޯންޗެއް ދަނިކޮށް ބޮޑުފަންނު ކައިރީގައި މަޑުކޮށްގެން އޮތް ޑިންގީއެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ. 

މި އެކްސިޑެންޓް ހިނގި އިރު ޑިންގީގައި ތިން މީހަކު ތިބިކަމަށް ފުލުހުން ބުނެ އެވެ. އަދި އޭގެތެރެއިން ދެ މީހަކަށް އަނިޔާ ލިބި އަންނަނީ ފަރުވާދެމުން ނެވެ. މި ހާދިސާގައި ޑިންގީގައި ތިބި މީހުންނަށް އަނިޔާވުމުން އެމީހުން ހޮސްޕިޓަލަށް ގެންދިޔައީ އެ މީހުން ލޯންޗަށް ނަގައިގެންކަމަށް ފުލުހުން ބުނެ އެވެ. 

މި ހާދިސާގައި ޑިންގީ ފުންޑުފުނޑުވެފައިވާއިރު ލޯންޗަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައި އެވެ. 

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް