ފުލުހުން ބުނީ ކ. އަތޮޅު ރިސޯޓެއްގައި މިއަދު މޫދަށް އެރިއުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން މާލެ ގެނެސް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.
ގެނބިގެން ފަރުވާދެމުން އަންނަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި އުމުރުން 29 އަހަރުގެ އަންހެނެކެވެ. އެ ދެ މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.