އެ ޕްރޮމޯޝަންގެ ދަށުން، ދިރާގު ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، ކުރީގެ ރައުޓަރެއް ބޭނުން ކުރާ ފަރާތްތަކަށް އިތުރު ފީއަކާ ނުލާ ރައުޓަރު އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ޕްރޮމޯޝަނަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރައުޓަރު ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަން ތައާރަފު ކުރި ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.
ހިލޭ ރައުޓަރު އަޕްގްރޭޑް ކުރުމަށް، ދިރާގު މޮބައިލް އެޕްލިކޭޝަންގައިވާ "ފްރީ ރައުޓަރު އަޕްގްރޭޑް" ބެނާ މެދުވެރިކޮށް ފަސޭހަކަމާ އެކު އަޕްގްރޭޑަށް ހުށަހެޅޭނެ އެވެ.
މި ހިދުމަތަށް އެދޭ ކަސްޓަމަރުންގެ ރައުޓަރު އިންސްޓޯލްކޮށް، ސެޓަޕް ފުރިހަމަކުރުމުގެ ހިދުމަތް، ދިރާގުގެ ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ދިރާގު ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ދިރިއުޅުމަށް ލުއިފަސޭހަކަމާއި ފައިދާ ގެނެސްދޭނެ ފަދަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމި ތިބުން ކަމަށެވެ.