ads
ބީއެމްއެލް އިން ޓެކް އިންޓާނުން ހޯދަނީ، މަހަކު -/11,000 ލިބޭނެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން، ޓެކްނޮލޮޖީ ދާއިރާއަށް ހާއްސަ 25 ފުރުސަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
Advertisement

 މި ޕްރޮގްރާމަކީ ޒުވާން ދިވެހިންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫންވެސް އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ފުރުސަތެއްކަަށް ބީއެމްއެލްއިން ބުނެ އެވެ. މި ޕްރޮގްރާމްގެ ދަށުން ބޭންކުގައި 1 އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެކަމަށް ބޭންކުން ބުނެ އެވެ. 

މި ޕްރޮގްރާމްގެ ތެރެއިން ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގައި ބައިވެރިވުމާއި، ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބޭންކުން ބުނެއެވެ. އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް މަހަކު -/11,000 ރުފިޔާގެ އެލަވަންސަކާއި، ރޯދަ އިނާޔަތުގެ އިތުރުން، އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަސް ލިބޭނެކަމަށްވެސް ބޭންކުން ބުނެއެވެ. 

މި ފުރުސަތަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ، ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ދިވެހީންނަށްކަމަށް ބޭންކުން ބުނެ އެވެ. މީގެ އިތުރުން، މި ދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތަކަށްވެސް ފުރުސަތުވަނީ ހުޅުވާލެވިފައިކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ.

2018ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހަތް ބެޗެއްގައި 98 އިންޓާނުން ތަމްރީނު ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރެއިން %60 ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ވަނީ ލިބިފައިކަން ބީއެމްއެލްއިން ފާހަގަކުރެއެވެ. އަދި މި ޕްރޮގްރާމްގައި ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ މަގު ފަހިވެގެންދާނެކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ. 

82%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް