ads
އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަަޑުއެހުން
އާރަށް މައްސަލާގައި އަދީބާއި ނަރީޝް އަދި ޒިޔަތުގެ ހެކިބަސް ނަގަނީ
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެމަނިކުފާނު ހުށައަޅާފައިވާ ދިފާއީ ހެކިތަކަށް ފުރުސަތު ދޭން ކްރިމިނަލްކޯޓުން ނިންމައިފި އެވެ.
Advertisement

ދުވަސްތަކަށްފަހު މިދިޔަ މަހުގެ 29 ވަނަދުވަހު ބޭއްވި މި މައްސަލާގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީން ހުށައެޅުއްވި ދިފާއީ ހެކިންގެ ހެކިބަސް ނަގަން ފުރުސަތު ނުދޭން ހުށައަޅާފަ އެވެ. ދައުލަތުން ބަލައިނުގަތުމަށް އެދުނު ހެކިތަކަކީ މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މިހާރުގެ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނަރީޝް ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއީލް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދެވެ. މީގެއިތުރުން އަބްދުﷲ ރަޝީދު ކިޔާ މީހެއްގެ ހެކިބަހާއި ޑޮލަރު މާރުކުރިކަން ބަޔާންކޮށްދޭ ލިޔުމެއްކަމަށް ބުނެ ޔާމީން ހުށައެޅުއްވި ލިޔުންވެސް ބަލައި ނުގަތުމަށް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.  

މި މައްސަލާައި މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ ޔާމީން ދިފާއުގައި ހުށައެޅުއްވި ހުރިހާ ހެކިންގެ ހެކިން ބަސް ނަގާށެވެ. މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސްވެސް ނަގަން ކޯޓުން ވަނީ ނިންމާފައެވެ. 

މިހާރު އޮތް ހެއްކާ ބެހޭ ގާނޫނު އޮތް ގޮތުން އަދީބާ ޒިޔަތުގެ ހެކިބަސް ނުނެގޭނެކަަމަށް ޔާމީންގެ ފަރާތުން ފާހަގަކުރި އެވެ. އެކަމާއި ގުޅޭގޮތުން މައްސަލަ ބައްލަވާ ގަާޒީ ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަހަކީ މި މައްސަލާގައި ނަގަން ޖެހޭ ހެކިބަހެއްކަމަށެވެ. ސަބަބެއްކަަމަށް ވިދާޅުވީ މައްސަލާގައި ހިމެނޭ ވާގިއާތަކާ ގުޅޭ ގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭން ތިބީ އެ ދެ މީހުން ކަމަށްކަމަށް ގާޒީ ވިދާޅުވި އެވެ. 

އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.  

މި މައްސަލަ ކުރިން ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔައިރު ނަރީޝް ވަނީ ރައީސް ޔާމީނާއި އެއްކޮޅަށް ހެކި ބަސްދީފަ އެވެ. އޭރު ހެކިބަސް ދެމުން ނަރީޝް ބުނީ ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ އެކައުންޓަސް ޖަމާވި އެއްމިލިއަން ޑޮލަރަކީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން ގަތް ޑޮލަރުކަމަށެވެ. އަދި އަދަށްވާ ދިވެހި ފައިސާ ގުނީ އަމިއްލަ އަތުންކަމަށްވެސް ނަރީޝް ވަނީ ކޯޓުގައި ބުނެފައެވެ. އެހެންނަމަވެސް އޭރުވެސް ވަނީ އޭނާގެ ހެކިބަހާއި މެދު ސުވާލުތައް އުފެދިފަ އެވެ. 

ވ، އާރަށް ކުއްޔަށް ދިނުމުގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައެވެ. އަދި މި މައްސަލާގައި މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ.  

ވ. އާރަށް ކުއްޔަށްދިން މައްސަލާގައި ރިޝްވަތު ގަބޫލުކޮށް މަނީ ލޯންޑާ ކުރިކަން ސާބިތުވެ ކްރިމިނަލްކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ފަހުން ބާތިލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް