ads
ކެމްޕެއިން ޖަގަހައެއްގައި މެމްބަރު ޝުޖާއު ވާހަކަ ދައްކަވަނީ.
ރަސްމާލެ މަޝްރޫއު: ކަންބޮޑުވުންތަކަށް މަޝްވަރާކުރެވިދާނެ!
ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކަންބޮޑުވުންތަކެއް އޮތްނަމަ އެކަމާބެހޭ ފަރާތްތަކާއިއެކު ވާހަކަދައްކައި މަޝްވަރާކުރެވިދާނެ ކަަމަށާއި މުޅި މަޝްރޫއު ގޯސްކޮށް ސިޔާސީ ވާހަކަ ނުދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އަދި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު އިދިކޮޅަށް ގޮވާލަައްވައިފި އެވެ.
Advertisement

މި މަޝްރޫއާ ގުޅޭގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމް މީގެ ކުރިން ވިދާޅުވެފައިވަނީ، ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ގާނޫނެއްގެ ދަށުން ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭނީ ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކޮށް، އިތުރު މަޝްވަރާތަކަށްފަހު ފަހު އެއްބަސްވުންތަކުގައި ސޮއިކުރުމުން ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ.

މި މަޝްރޫއުގެ އެންމެ މުހިންމު އެއް ބަޔަކީ ހުޅުމާލޭގައި ތަރައްގީކުރާ 5،000 ހައުސިން ޔުނިޓެވެ. އަލްޢައްބާރު އަންދާޒާކުރައްވާ ގޮތުގައި މި ބަޔަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ އިންވެސްޓްމަންޓެއްގެ ގޮތުގައި ހައުސިން މަޝްރޫއަށް ފައިސާ ހަމަޖައްސާނީ އީގަލް ހިލްސްއިންނެވެ. އަދި އެ ފައިސާ އަނބުރާ ހޯދާނީ ރަސްމާލޭގެ ބޮޑު މަޝްރޫއު ކުރިއަށްދާ ވަރަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ ރަސްމާލެ މަޝްރޫއު ރަނގަޅު ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެއީ އެ ޕާޓީގެ ބަސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ސިޔާސީ މީހުންނަކީ ރާއްޖެއަށް ލިބޭ އިންވެސްޓްމެންޓްތަކަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަންޖެހޭ މީހުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެކަމުގައި އޮތް ކަންބޮޑުވުމެއް އޮތިއްޔާ އެކަމާ ގުޅޭ މީހުންނާ ވާހަކަ ދައްކައިގެން، މަޝްވަރާކޮށް އެކަން ދެނެގަންނާނީ ކޮބައިތޯ [ހައްލަކީ]. މުޅި ނިޒާމަކީ، މުޅި އިންވެސްޓްމެންޓަކީ ގޯސް އިންވެސްޓްމެންޓެއް ކަމަށް ދެކިގެން ވާހަކަ ދެއްކުމަކީ އެއީ ސިޔާސީ ވާހަކައެއް،" ޝުޖާއު ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިއްކާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން، 99 އަހަރުގެ މުއްދަތަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލަން ނިންމުމަކީ ގައުމުގެ އަސްލު ގެއްލިގެން ހިނގައިދާނެ ބިރުވެރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އެ މައްސަލައިގައި އާންމުންގެ ނުރުހުން އަމާޒުވުމުން ސަރުކާރުން ބުނެފައިވަނީ އަސްލު އެއްބަސްވުމުގައި ސޮއިކުރާނީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަހު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް