ads
300 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފުރޮޅާލައި 139 މީހުން މަރުވެއްޖެ
ހިތާމަވެރި ހާދިސާއެއް: 300 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފުރޮޅާލައި 139 މީހުން މަރުވެއްޖެ
ޖިބޫޓީގެ އައްސޭރިފަށުގެ ސަރަހައްދަށް ދަތުރުކުރި ބޯޓެއް ފުރޮޅާލައިގެން ހިނގި ނުރައްކާތެރި ހާދިސާއެއްގައި މަދުވެގެން 139 މީހުން ގެނބިގެން މަރުވެއްޖެ އެވެ.
Advertisement

މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 15 ކުޑަކުދިންވެސް ހިމެނޭކަން ވަނީ ކަށަވަރުވެފައެވެ. މިއީ އެ ސަރަހައްދުގެ ތާރީޚުގައިވެސް ހިނގާދިޔަ ކަނޑުމަތީގެ އެންމެ ނުރައްކާތެރި އަދި އެންމެ ހިތާމަވެރި އެއް ހާދިސާގެ ގޮތުގައި ވަނީ ކަމާބެހޭ ފަރާތްތަކުން ސިފަކުރައްވާފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި މީހުން ތިބީ އޭގެ ގާބިލިއްޔަތަށްވުރެ މާ އިތުރަށް ތޮއްޖެހިގެންނެވެ. އެގޮތުން، އެ މުޅި ބޯޓުގައި ޖުމްލަ 305 މީހުން ދަތުރުކުރަމުންދިޔައެވެ. މީހުން އަރުވާފައިވާ އަދަދު ނުކުޅެދޭ ވަރަށް ގިނަކަމުން، ކަނޑުމަތީގައި އުޅަނދުގެ ތިލަފަތް ގެއްލި ބޯޓު ފުރޮޅާލައިގެން ދިޔައީ ކަމަށް މަޢުލޫމާތު ލިބެ އެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަގުތުން ފެށި ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން 82 މީހަކު ވަނީ ސަލާމަތުން ސަލާމަތްކުރެވިފައެވެ. ނަމަވެސް، މި ހާދިސާގައި އަދިވެސް އެތައް ދިހަ މީހުންނެއް ވަނީ ނުފެނި ގެއްލިފައެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުންނާއި ސަލާމަތީ ހިދުމަތްތަކުން އަދިވެސް ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް