ފުލުހުން ބުނީ މިމީޙުން އަތުލައިގަތީ އެ މުއައްސަސާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިނގި އޮޕަރޭޝަނެއްކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ދަނީ ހ. މާދޫގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާގައި ކަމަށް ފުލުހުން ބުންޏެވެ. އެތަނުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ޑުރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ ފެށި އެ އޮޕަރޭޝަނަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ އެކި ސަރަހައްދުތަކަށް ފޯރުކޮށްދެމުންދާ ކަމުގެ މައުލޫމާތު ލިބިގެން، ކައުންޓާނާކޮޓިކްސްއާއި އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން، މާލެ ތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ މީހުން ދެނެގަނެވި، މާދޫގޭގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.