ads
ސަރުކާރުން އޭރު ދެއްކި ވިލިނގިލީ ފަޅުގައި އަޅާ އެއާޕޯޓާއި 17 ރިސޯޓް ކުރެހުން
ބްރިޖު ހަލީފާ ހެދި ކުންފުނިން އަތުން އަތުލާ ވިލިގިނލި އެއާޕޯޓް ހަދަން އެހެން ބަޔަކަށް: އަމީން
ވިލިނގިލީ ފަޅުގައި އެއާޕޯޓަކާއި 17 ރިސޯޓް ހަދަން ހަވާލުކުރި ކޮންޓެރެކްޓް ބަދަލުކޮށް އެހެން ބަޔަކާއި އެކު ސޮއިކޮށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޓްއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
Advertisement

ވިލިގިނލީގެ އެއާޕޯޓްގެ ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ދެކުނަށް ކުރެެއްވި ދަތުރުފުޅެެއްގައި އެރަށަށް ވަޑައިގެން މިދިޔަ 2024 ވަނަ އަހަރުގެ ފެބުއަރީމަގުގެ 22 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބުއެވެ. 

ސަރުކާރުން އޭރު ބުނީ 800 މިލިއަން ޑޮލަރުގެ އެ މަޝްރީއު ހަވާލުކުރީ ބެލްޖިއަމްގެ ކުންފުންޏެއްކަމަށްވާ އެން.ވީ.ބެސިކްސް އެސް.އޭ އާއެކުގަވެ. އަދި އެ ކުންފުންނަކީ ދުނިޔޭގައި މިހާރު ހުރި އެންމެ އުސް އިމާރާތް ކަމަށްވާ ބްރުޖު ހަލީފާ ހެދި ކުންފުނިކަމަށް ސަރުކާރުން ބުންޏެވެ. 

your imageވިލިގިނލީ އެއާޕޯޓްގެ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ވިލިގިނލީ އެއާޕޯޓާއި ރިސޯޓްތައް ހެދުމުގެ މަސައްކަތް ކުރިޔަށް ނުދާތީ އެކަމާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދޭ އަހާ ފޯރަމް މިރޭ މީހަކު ވަނީ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރު ބަދަލުކޮށް އެހެން ބަޔަކާއި އެކު މިހާރު އަލުން ސޮއިކޮށްފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް މަސައްކަތް ފެށޭނެކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އެހެންނަމަވެސް އަލުން އެ މަސައްކަތް ހަވާލުކުރީ ކޮން ބަޔަކާއި ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ. 

" މިހާރު އާ ކޮންޓްރެކްޓަރަކާއި އެކީ އަޅުގަނޑުމެން ސޮއިކޮށް އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މި އޮތީ، އަޅުގަނަޑު ގަބޫލުކުރާ ގޮތުގައި އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށޭނެ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ސަރުކާރުން އޭރު ބުނީ މި މަޝްރޫއުގެ އަގަކީ 800 މިލިއަން ޑޮލަރުކަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން ގއ. ވިލިނގިއްޔާއި އެއާޕޯޓް ގުޅާލާނީ ކޯޒްވޭއަކުންކަމަށާއި  މި މަޝްރޫއުގެ ދަށުން ހަދާ ރިސޯޓްތަކާއި އެކު 5000 އެނދު އިތުރުވެގެންދާނެކަމަށް ސަރުކާރުން އޭރު ބުންޏެވެ. 

މަޝްރޫއުގައި ހިމެނޭކަންކަން 

  • ވިލިނގިލީ ފަޅުގައި 17 ރަށް ތަރައްގީ ކުރާނެ
  • 8 ޕްރައިވެޓް އައިލެންޑް
  • ބޮޑު 9 ރިސޯޓް
  • އެއާޕޯޓާ ދެމެދު 17 ކިލޯމީޓަރުގެ ހައިވޭ 
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް