ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ، މި ހިނގާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރި ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅީ މިދިޔަ ޖުލައިމަހުގެ 3 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވ. ތިނަދޫ ކައުންސިލުގެ ރައީސް ބައި-އިލެކްޝަން، އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާކަަމަށެވެ. އަދި އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 26 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލައިފައިވާކަމަށެވެ.
ޝުޖާއު ތިނަދޫ ކައުސިލަށް އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގަ އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމު 3000 މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ މިހާރު ވަނީ އުވާލާފަ އެވެ. އެއާއިއެކު ޝުޖާއު ވަނީ އެމްޑީޕީއާއި މިހާރު ގުޅިވަޑައިގެންފައެވެ.
އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްްގެ ރައީސް ކަމަށް ދަ ޑިމޮކްރެޓްސްގެ ހައިސިއްޔަތުން އިންތިހާބުވުމަށް ފަހު ދައުރު ފެށުނު ފަހުން މެއި 19 ވަނަ ދުވަހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާކަން ކޮމިޝަނުން އަންގާފައިވާ ކަމަށް ސިޓީގައިވެ އެވެ.
އެލްޖީއޭގެ ނިންމުން ބަލައި ނުގަނެ އިދިކޮޅު އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅަން ނިންމި އެވެ.