ads
ފިލްމީ ތަރިންނާއެކު ހައްޔަރުކުރި ޝާހިލް: ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ އޭނާ ދޫކޮށްލީ މާޗު 30، ގައި
ޝާހިލުއަކީ ޑްރަގު މައްސަލައެއްގެ ބަންދުގައި ހުރި މީހެއް، ދޫކޮށްލީ ޕީޖީން އެދިގެން
ޑްރަގު މައްސަލައެއްގައި ފިލްމީ ތަރިންނާއިއެކު ހައްޔަރުކުރި ޝާހިލު މުހައްމަދަކީ ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ޖެހި މީހެއްކަން އެނގިއްޖެ އެވެ.
Advertisement

ޑްރަގު މައްސަލައެއްގައި ފިލްމީ ތަރިންނާއިއެކު ހައްޔަރުކުރި ޝާހިލު މުހައްމަދަކީ ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ޖެހި މީހެއްކަން އެނގިއްޖެ އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ވިލިމާލޭގައި ކުރިއަށް ގެންދިޔަ ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކުރި އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއީލް ޖުމައިހް (ޖުމާ) އަދި މުހައްމަދު ވިޝާލް (ރޯމަން) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން މުއްދަތު ޖަހައިފި އެވެ. މި މީހުންނާއި އެކު ހައްޔަރުކުރި ޝާހިލު މުހައްމަދަކީ އަޒޭގެ ކޮއްކޮ އެކެވެ. 

މި ޝާހިލް މުހައްމަދަކީ ޖުލައި 24، 2024 ގައި ރާއްޖެއަށް އައި ޕާކިސްތާނުގެ މީހެއް ބައިގެ މަގު އެތެރެކުރި 2 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހެކެވެ. އެ މައްސަލާގައި މީނާގެ މައްޗަށް ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާ ޝަރީއަތްތައްވެސް ބާއްވާފަ އެވެ. 

އެ މައްސަލައިގެ ހުކުމުގައިވާ ގޮތުން ޝާހިލްއަކީ އެ މަސްތުވާތަކެއްޗާއި ރާއްޖެއިން ހަވާލުވި މީހާ އެވެ. އަދި އެ ހުކުމުގައިވާ ގޮތުން ޝާހިމް މުހައްމަދާއި އޭނާއާއި ހަމައަށް ޑްރަގު އަޅާފައިވާ ފޮށި ގެނެސްދިން މީހާއަށް ދައުވާކުރީ އެ ގަޒިއްޔާއެއްގެ ދަށުންނެވެ. އެހެންނަމަވެސް އަނެއް މީހާއަށް 18 އަހަރަށް ޖަލަށްލާން ހުކުމްކޮށް ޝާހިލްގެ މައްސަލަ އެހެން ގަޒިއްޔާއަކުން ނިންމަން ކަނޑައެޅިކަން ކްރިމިނަލްކޯޓުން 2 ޑިސެމްބަރު 2025 ގައި ކޮށްފައިވާ ހުކުމުން އެނގެއެވެ. އަދި އެ މައްސަލާގައި އެ ދެމީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދު ޖަހާފައެވެ.

އެހެންނަމަވެސް އެ މައްސަލަ ނުނިމެނީސް ކޯޓުން ވަނީ މިދިޔަ މާޗުމަހުގެ 3 ވަނަ ދުވަހު އޭނާ ދުކޮށްލުމަށް އަމުރުކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ބާތިލުކޮށް ދޫކޮށްލި އަމުރުގައި ބުނެފއިވަނީ ދޫކޮށްލީ ޝަރުތުތަކާއި އެކު ބަންދުން ދޫކޮށްލުމަށް ދައުލަތުގެ ފަރާތުން އެދިފައިވާތީކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް