ads
އިސްކަންދެނީ އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންނަށްވުމަށް ފުރުސަތު ހޯދައިދިނުމަށް: ރައީސް
މި ސަރުކާރުން އިސްކަންދެނީ އަންހެންކުދިންނާއި ޒުވާން އަންހެނުން މުސްތަގްބަލުގައި ލީޑަރުންނަށް ހެދުމަށް ބޭނުންވާ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް ބައިނަލްއަގްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ދޭ ސަމާލުކަން މިއަދު އަލުން އާކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ އަންހެންކުދިންނާއި ޒުވާން އަންހެނުންގެ ފުރިހަމަ ގާބިލުކަން ހާމަކޮށް، ކުރިއަރައިގެން ދިއުމަށް މަގުފަހިކޮށްދޭނެ ސިޔާސަތުތައް އެކުލަވާލައި ފުރުސަތުތައް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.

މިފަދަ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އާއިލާތަކާއި މުޖުތަމައުތަކުން ފެށިގެން ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނޭހެން މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު އަންހެން ދަރިންނަށް ކުރެވޭ އިންވެސްޓްމަންޓަކީ، އެންމެންނަށް ހަމަހަމަ، އެކުވެރި އަދި ފާގަތި މުސްތަގުބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް