ads
ހަނދުގެ މަންޒަރެއް
"ހަނދު" ބެލުންތެރިންނަށް ދޫކޮށްލައިފި
ކެޕްޓް ސިނެމާ ފިލްމްސްގެ އާ އުފެއްދުން ކަމަށްވާ ލޯބީގެ އަސަރުގަދަ ލަވަ "ހަނދު" ކާލާމަންނަ އިވެންޓުގެ ތެރެއިން ރަސްމީކޮށް ނެރެ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ. ފަސީ ނެރެދިން މި ލަވައިން މައިގަނޑު ގޮތެއްގައި ފެނިގެންދަނީ އަޖްނާޒް އަލީ އާއި ޝަހީދާ އަހުމަދު (ޑޯރާ) ގެ އިތުރުން މަގުބޫލު އެކްޓަރު ކޮޕީ އިސްމާއިލް ރަޝީދެވެ.
Advertisement

މި ލަވައަކީ ލޯބީގެ ބާރުވެރިކަމާއި އެކި އިހުސާސްތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ލަވައެކެވެ.

މި ލަވައާ ގުޅޭގޮތުން ވާހަކަދައްކަމުން ކޮޕީ އިސްމާއިލް ރަޝީދު ބުނީ، މިއީ "ލޯބީގެ ބާރުވެރިކަން ދައްކައިދޭ ލަވައެއް" ކަމަށެވެ. އަދި ލަވައިގެ މަންޒަރުތަކާއި ވާހަކަ ބައްޓަންކޮށްފައިވަނީ ލޯބީގެ ފުން އަސަރުތަކާއި އޭގެ ބާރު ބެލުންތެރިންނަށް ސިފަވާނެ ފަދަ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރި އެވެ.

މި ލަވައިގެ ސްކްރީންޕްލޭ ތައްޔާރުކުރި އަޖްނާޒް ބުނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ "ވަން ޕީސް" ލަވައެއް ގެނެސްދިނުމަށް ކަމަށެވެ. އަދި މި ފަހަރު މި ގެނެސްދިން ލަވަވެސް "ވަން ޕީސް" ވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، މި ލަވައަކީ ނިމޭއިރަށް އަލުން ޕްލޭކޮށްލަން ބޭނުންވާ ކަހަލަ ލަވައެއް ކަމަށްވެސް އޭނާ ބުންޏެވެ.

ފަތޯގެ އަޑުން ކިޔައިދީފައިވާ މި ލަވައިގެ ޕްރޮޑަކްޝަން ޑިޒައިނާއި ކޮރިއޮގްރަފީ ހަދާފައިވަނީ ކޮޕީ އިސްމާއިލް ރަޝީދެވެ. ލަވައިގެ ވިޝުއަލް އިފެކްޓްސް ވިޝާލް ޒަކީ ހެދިއިރު، ޗީފް ޓެކްނިކަލް އެޑްވައިޒަރަކީ މޫމިން ފުވާދެވެ. މީގެ އިތުރުން މި ލަވަ އެޑިޓްކޮށްފައިވަނީ އަހުމަދު އާސިމެވެ.

މި މަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރަމުން އަޖްނާޒް ބުނީ "މި ޕްރޮޖެކްޓުގަ މަށާ އެއްކޮށް މަސައްކަތް ކުރި އެންމެންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން،" ކަމަށެވެ. އަދި ކާލާމަންނަ އިވެންޓުގެ ތެރެއިން މި ލަވަ ލޯންޗުކުރުމުގެ ފުރުސަތު ދިނީތީ އެ އިވެންޓް ހިންގާ ހުރިހާ ފަރާތްތަކަށްވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް