ads
މާވިން
މޭރީ މެރުމުގެ ކުށުގައި އުމުރަށް ޖަލަށްލީ މާވިންގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، އޭނާގެ ފިރިމީހާ ފިލިޕީންސްގެ މާވިން އެސްވައިގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
Advertisement

މާވިންގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކި ގޮތެއް ނިންމެވިކަމެއް ސާފެއް ނުވެ އެވެ.

މާވިންގެ ލޯބިވެރިޔާ ޙަލީމަތު ލަމްހާގެ މައްޗަށް މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަނުނަގައި ކުރުމުގެ ދައުވާ ސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.

ދަށު ކޯޓުގައި އަދަބާމެދު ވާހަކަދައްކަމުން ދައުލަތުން ފާހަގަކުރީ މާވިންއަކީ އަނިޔާލިބުނު މީހާގެ ފިރިމީހާ އަދި ދަރިފުޅުގެ ބައްޕައަށްވެފައި، އެ ޢަމަލުގައި އެއްވެސް ރަޙުމެއް ކުލުނެއް ނެތުމުން، އޭނާއަށް ދެވޭނެ އެންމެ ބޮޑު އަދަބު (އުމުރަށް ޖަލަށްލުން) ދިނުމަށެވެ.

މޭރީ މަރާލި މައްސަލައިގައި ބަންދުގައި ހުރި މުއްދަތުގައި މާވިން ވަނީ އިސްލާމްދީން ޤަބޫލުކޮށް، އޭނާގެ ނަން "ޔޫސުފްއަށް ބަދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް