ads
މާލޭގެ މަގުތަކުގައި ހުރި ސައިކަލްތަކެއް ފުލުހުން ޓޯ ކުރަނީ - ފައިލް ފޮޓޯ
ނުރައްކާކޮށް ދުއްވި ސައިކަލެއް ޓޯކޮށް، ޖޫރިމަނާކޮށްފި
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، އުޅަނދު ޓޯކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ ރޭ 22:30 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"އެގޮތުން، ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔައިރު، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ދުއްވާފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ،" ފުލުހުން ބުނެފައިވެ އެވެ.

ސިނަމާލެ ބުރިޖުގައި، ސައިކަލު މަތީ އޮށޯވެގެން އޮވެ ދުއްވި މައްސަލައެއްގައި ވެސް މި ފަހުން މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އެއްގަމު އުޅަނދުގެ އާ ގާނޫނުގެ ދަށުން ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ބޮޑެތި ފިޔަވަޅުތައް އެޅެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް