ads
ރޭގަނޑު ލަސްވާފަހުން ކެއުމުން ފުރަމޭގެ ބަލިތަކުގެ ނުރައްކާ ބޮޑުވޭ
ސަމާލުވޭ: ރޭގަނޑު ލަސްވާފަހުން ކެއުމުން ފުރަމޭގެ ބަލިތަކުގެ ނުރައްކާ 30 އިންސައްތައަށް އިތުރުވޭ
ރޭގަނޑު ލަސްވާ ފަހުން ކެއުމަކީ ފުރަމޭގެ ސީރިއަސް ބަލިތަކަށް މަގުފަހިވާ ކަމެއްކަން އެމެރިކާގެ އޮރެގަން ހެލްތު އެންޑް ސައިންސް ޔުނިވާސިޓީން ކުރިއަށްގެންދިޔަ ދިގު މުއްދަތުގެ އާ ދިރާސާއަކުން ދައްކައިފި އެވެ.
Advertisement

މި ދިރާސާއިން އެނގުނު ގޮތުގައި ރޭގަނޑު ލަސްވާ ފަހުން ކެއުމުގެ އާދައިގެ ސަބަބުން ފުރަމޭގައި ސަރުބީ ޖެހުމާއި (ފެޓީ ލިވަރ) އަދި ސިރޯސިސް ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.

ގާތްގަނޑަކަށް 200،000 (ދެލައްކަ) މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާއިން ހާމަވި ގޮތުގައި، ރޭގަނޑު ލަސްވާ ފަހުން ކެއުމުގެ އާދަ ހުންނަ މީހުންނަށް ފުރަމޭގައި ސަރުބީ ޖެހުމާއި ސިރޯސިސް ފަދަ ބަލިތައް ޖެހުމުގެ ނުރައްކާ 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެގެންދެ އެވެ. މިއީ އިންސާނާގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްގެ ގޮތުގައި ދިރާސާކުރި ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ދިރާސާވެރިން ވަނީ ރޭގަނޑު ލަސްވާ ފަހުން ކުދިކުދި ކޭންތައް ނުވަތަ ސްނެކްސް ކެއުމުގެ ސަބަބުން ފުރަމޭގެ ގުދުރަތީ "ސާކޭޑިއަން ރިދަމް" އަށް ބުރޫއަރާކަން ހާމަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ފުރަމޭގެ މެޓަބޮލިކް މަރުހަލާތަކަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ދިރާސާވެރިން ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް