ads
80 އަހަރުގެ ސެލްތަކެއް 20 އަހަރަށް ސައިންސްވެރިން ޒުވާންކޮށްފި
ސައިންސްގެ އާ ހޯދުމެއް: 80 އަހަރުގެ ސެލްތަކެއް 20 އަހަރަށް ޒުވާންކޮށްފި
ޖަރުމަނުވިލާތުގެ ޔުނިވަސިޓީ އޮފް ބޮންގެ މެޑިކަލް ރިސާޗަރުން ވަނީ ސައިންސާއި ސިއްހީ ދިރާސާތަކުގެ ދާއިރާއިން އާދަޔާޚިލާފު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން، 80 އަހަރުގެ އުމުރުން ދުވަސްވީ އިންސާނެއްގެ ހަށިގަނޑުން ނެގި ސެލްތަކެއް، 20 އަހަރަށް ވުރެ ކުޑަ އުމުރެއްގެ ސެލްތަކަކަށް ބަދަލުކޮށް، އެ ސެލްތައް ވަނީ ކާމިޔާބުކަމާއެކު އަލުން ޒުވާންކޮށްފައެވެ.
Advertisement

މި ދިރާސާގައި ރިސާޗަރުން ބޭނުންކޮށްފައިވަނީ 80 އަހަރުގެ އިންސާނެއްގެ ހަށިގަނޑުން ނެގި ޕްރީކާސާ ރެޑް ބްލަޑް ސެލް ނުވަތަ ރަތް ލޭގެ ސެލްތައް އުފެދުމުގެ ކުރީ މަރުހަލާގެ ސެލްތަކެވެ. ލެބޯޓްރީގައި ކުރިއަށްދިޔަ މި މަސައްކަތުގެ ތެރެއިން، ސައިންސްވެރިން ވަނީ މި ސެލްތައް "ނިއުރަލް ސްޓެމް ސެލް" ނުވަތަ ނާރުތަކުގެ ނިޒާމަށް ހާއްސަ ސްޓެމް ސެލްތަކަކަށް ކާމިޔާބުކަމާއެކު ރީޕްރޮގްރާމްކޮށްފައެވެ.

މި ލެބޯޓްރީ މަރުހަލާގެ ތެރޭގައި، އެ ސެލްތަކުގެ "ބަޔޮލޮޖިކަލް މޮލެކިއުލާ ކްލޮކް" ނުވަތަ އުމުރު އަންގައިދޭ މޮލެކިއުލާ ގަޑި ވަނީ އަލުން ރީސެޓްވެފައެވެ. އެގޮތުން، 80 އަހަރުގެ ސެލްތަކުގެ އުމުރު ވަނީ 20 އަހަރަށް ވުރެ ކުޑަ އުމުރެއްގެ ހާލަތަށް ފަހަތަށް ޖެހިފައެވެ.

މި ތާރީޚީ ހޯދުމުގެ ސަބަބުން، ސިކުނޑި އަލުން ޒުވާންކުރުމާ ގުޅޭގޮތުން ކުރެވޭ ދިރާސާތަކަށް ކުރިން ނުލިބޭފަދަ އާދަޔާޚިލާފު ބޮޑެތި ފުރުސަތުތަކެއް ވަނީ ހުޅުވިގެންގޮސްފައެވެ. މިއީ ސިކުނޑީގެ ސެލްތައް އާލާކޮށް، އުމުރުން ދުވަސްވުމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަތުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް