ads
އީގަލް ހިލްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއު ކުރެހުމެއް
އީގަލް ހިލްސްގެ ހުޅުމާލޭ މަޝްރޫއުގެ ވީޑިއޯއެއް ދައްކާލައިފި
ރަސްމާލޭގައި ވޯޓާފްރޮންޓް މަޝްރޫއު ހިންގަން ހަވާލުކުރި ޔޫއޭއީގެ ކުންފުނި، އީގަލް ހިލްސް އިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއުގެ ވީޑީއޯ ދައްކާލައިފި އެވެ.
Advertisement

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 5،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމާއެކު ކުރިއަށްގެންދާ މި މަޝްރޫއުގެ ކޮންސެޕްޓް ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

މިނިސްޓަރު މުއްތަލިބް ހިއްސާ ކުރެއްވި ވީޑިއޯގައި ރެސިޑެންޝަލް ޓަވަރުތަކާއި ވޯޓާފްރަންޓް ޓައުންހޯމްތައް ފެނެ އެވެ. މީގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި ކެފޭ، ރެސްޓޯރަންޓްތައްވެސް މި ވީޑީއޯއިން ފެނެ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅު އެވެ. 

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލީ އަލްއައްބާރު މިފަހުން ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އަގުހުރި މި ބޯހިޔާވަހިކަމުގެ ބަޔަށް ފުރަތަމަ ހަރަދުކުރާނީ އެ ކުންފުނިންނެވެ. އަދި ފަހުން މުޅި މަޝްރޫއުގެ ތެރެއިން އެ އިންވެސްޓްމަންޓް އަނބުރާ ހޯދާނެ އެވެ.

އަބޫދާބީގެ"އީގަލް ހިލްސް އިން ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ކޮމާޝަލް ޓާމްސް އެގްރިމެންޓްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގަ އެވެ.

ވޯޓާފްރަންޓް އަދި މެރީނާ ހިމެނޭ މި މަޝްރޫއު ކުރިއަށް ގެންދަން ރަސްމާލެ އިން ބޮޑު ބިމެއް ހަމަޖައްސާފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓްތައް އަދި މަތީ ފަންތީގެ ބްރޭންޑަޑް ރެޒިޑެންސްތައް ތަރައްގީ ކުރަން ހަމަޖެހިފައިވެ އެވެ. އަދި އެތަނުގައި ދުނިޔޭގެ ފެންވަރުގެ މެރީނާއެއް ވެސް ހިމެނޭ އިރު، ވޯޓާފްރަންޓް ސަރަހައްދުތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ސެންޓަރުތައް ހިމެނެ އެވެ.

އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގައި ކަންބޮޑުވާން ވަރަށް ގިނަ ކަންކަން ހުރި ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ބައެއް އާންމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް