ads
ކުރީގެ ރައީސް ނަޝީދު
މަޝްވަރާ ނެތި ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރާތީ ނަޝީދު ކަންބޮޑުވެވަޑައިގެންފި
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއިން ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިއުލާން ކުރައްވަމުން ގެންދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސީ އިންތިހާބަށް ނުކުންނަވައި އެ މަނިކުފާނުގެ ރަނިންމޭޓަކީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށް އިއުލާން ކުރައްވާފައިވަނިކޮށް، އިދިކޮޅު ޕާޓީގެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖުގައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުންނައިރު، އެހެން ޕާޓީތަކާ ވާހަކަ ދައްކައި، އެއްބަސްވުންތައް ގާއިމްކުރެވޭނެ ގޮތަކަށް ތިބުން ބޭނުންތެރި ކަމެއް ކަމަށެވެ. 

"ޕާޓީ އިލެކްޝަންއަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަ ދައްކާ، އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަށް ތިބުން ބޭނުންތެރި. ރަނިން މޭޓުކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަޝްވަރާތަކުގައި ލެވަރެޖޭއް. އެ ލެވަރޭޖު ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދުކުރައްވަން،" އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ފައިސަލް އިއްޔެ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަރަށް ބޮޑަށް މަޝްވަރާ ކުރައްވައި އެ މަނިކުފާނުގެ "ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން" ނެވެ.  

ފައިސަލްއާ އެކު އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި އެ ޕާޓީގެ ރައީސާއި ނައިބު ރައީސަކު ހުންނެވުން ވަރަށް މުހިންމު ކަމަށެވެ. 

ފައިސަލް ފިޔަވައި އެމްޑީޕީން ވާދަކުރައްވާ އިތުރު އެއްވެސް ބޭފުޅަކު ރަނިންމޭޓަކު އިއުލާނު ކުރައްވާފައެއް ނުވެއެވެ.

ނަޝީދު ވެރިކަން ކުރެއްވި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ނައިބު ރައީސަކަށް ހުންނެވީ ގައުމީ އިއްތިހާދު ޕާޓީގެ ފަރާތުން މުހައްމަދު ވަހީދު އެވެ. 2013 ގެ އިންތިހާބަށް ނަޝީދުގެ ރަނިން މޭޓަކަށް ހުންނެވީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ މުސްތަފާ ލުތުފީ އެވެ.

އޭގެ ފަހުން އެމްޑީޕީގެ ދެވަނަ ސަރުކާރު އުފެދިގެންދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ހުންނެވީ ފައިސަލް އެވެ. އެ އިންތިހާބަށް ކޯލިޝަނަކާއެކު އެމްޑީޕީން ނުކުތްއިރު ރަނިން މޭޓުކަން ދިނީ އެ ކޯލިޝަނުގައި އޮތް ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީގެ ސްލޮޓު ލިބިވަޑައިގަތީ ފައިސަލްއަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ސޯލިހުގެ ރަނިން މޭޓަކީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ އޭރުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުހައްމަދު އަސްލަމް އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް