އެޗްޑީސީން މިއަދު ނެރުނު އެންގުމެއްގައި ބުނީ ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ ރެސްޓޯރަންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި ދުވާރު މައްޗާއި ހެޖުތެެރޭގައި ގަވައިދާ ހިލާފަށް ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަަނާކަމދެއްކަން މީގެ ކުރިން އަންގާ އިއުލާންކޮށްފައި ވާނެކަަކަމަށެވެ. އެހެންނަމަވެސް އެ އެންގުމާއި ހިލާފަށް ބައެް ފަރާތްތަކުން ހުޅުމާލޭ ދުވާރާއި ހެޖުތެރޭގައި ހުރި ގޮނޑި މޭޒުތައް ނަގާފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށް އެޗްޑީސީން ބުނެ އެވެ.
އެހެންކަމުން އެގޮތަށް ހުރި ތަކެތި އަންނަ މަހުގެ 8 ވަނަދުވަހުގެ ކުރިން ނަގާ ނިންމުމަށް އެޗްޑީސީން ވަނީ އަންގާފަ އެވެ. އަދި ހުއްދަ ނުނަގާ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުންވެސް ނަގަން ޖެހޭ ހުއްދަތައް ނެގުމަށް އެޗްޑީސީން ވަނީ އަންގާފަ އެވެ.
އެ މުއްދަތަށް ފަހު އެ ތަންތަނުގައި ވިޔަފާރިކުރާ ނަމަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެތަންތަން ހުސްކުރުމުގައި ލިބިދާނެ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ..