ads
ޑައިވަރުން
އިޓަލީގެ 5 ޑައިވަރުންވެސް މަރުވީ އޮކްސިޖަން ހުސްވެގެން: ޕޯސްޓްމޯޓަމް ރިޕޯޓު
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުންވެސް މަރުވީ އޮކްސިޖަން ހުސްވެގެންކަމަށް އެމީހުން ޕޯސްޓްމޯޓަމް ރިޕޯޓްތަކުން ހާމަވެއްޖެ އެވެ.
Advertisement

މި ޑައިވަރުން މަރުވީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށެވެ. މީގެތެރެއިން އެކަކުގެ ހަށިގަނޑު އެ ހޮހަޅައިގެ ދޮރުމަތީގައި އޮއްވާ އެދުވަހު ފެނިފައިވާއިރު އަނެއް ހަތަރު މީހުން ހަށިގަނޑު ފެނީ އޭގެ ހަތަރު ދުވަހު ބޭރުގެ ޑައިވަރުން އައިސް ހޯދަމުން ދަނިކޮށް ހޮހަޅައިގެ ވަރަށް އެތެރޭގައި އޮއްވަ އެވެ. 

ގެއްލުނުގެ ޑައިވަރުންގެ ހަށިގަނޑުތައް ހޯދާއި އެ ހަށިގަނޑުތައް ހޮހަޅައިން ނަގާފައިވަނީ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންތަކެއް ރާއްޖެ އައިސް، ދެ ދުވަސް ތެރޭގަ އެވެ. 

އެމީހުންގެ ހަށިގަނޑުތައް އިޓަލީއަށް ގެންދިޔުމަށްފަހު ޕޯސްޓްމޯޓަމް ހަދާ ނެރުނު ރިޕޯޓްގައި ބުނީ ފަސް މީހުންވެސް މަރުވީ އެނޮކްސިއާ ނުވަތަ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބުމުންކަމަށެވެ. އޭގެ އިތުރަށް އެއްވެސް ނުރައްކާތެރިކަމެއް ދިމާވެފައި ނުވާކަމަށް އެ ރިޕޯޓްގައި ވެއެވެ. 

އެގޮތުން އެ މީހުން ނޭވާލުމަށް ބޭނުންކުރި ވައި ތަގައްޔަރުވެފައި ނުވާކަން ކަށަވަރުވާކަމަށާއި އެ މީހުން ތިބީ މަސްތުވާތަކެތީގެ ނުވަތަ ބަނގުރަލުގެ އަސަރުގެ ދަށުގައި ނޫންކަން ވެސް ކަށަވަރުކުރެވިފައިވާކަމަށް އެ ރިޕޯޓްގައިވެއެވެ. މީގެއިތުރުން  ފެނުގެ އަޑީގައި ހޭނެތިދާނެ ފަދަ އެއްވެސް ކަމެއް މެދުވެރިވެފައި ނުވާކަމަށާއި އެ މީހުންގެ ހަށިގަނޑުން ބޮޑު އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތްކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެމީހުން ހޮހަޅަ އަށް ވަނީ މިޔަރެއްގެ ހަމަލާއަކުން ސަލާމަތްވާން ކަމަށް ބުނި ވާހަކަތަކުގެ ހަގީގަތެއް ނެތްކަންވެސް ކަށަވަރުކުރެވިފައިވާކަމަށްވެސް އެމީހުން ޕޯސްޓްމޯޓަމް ރިޕޯޓްގައި ވެއެވެ. 

ގެއްލުނު ފަތުރުވެރިން ހޯދަން މަސައްކަތް ކުރަމުންދިޔަ އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ އެމީހުން ހޯދުމަށް މައްޗަށް ނަރައިގެން ގޮސް ބެލިއިރު ކަނޑު އަޑީގައި ހޭނެތިފައި އޮތުމުން ނަގައިގެން ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް