ads
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ރުޤްޔާ ކުރުމުގެ ނަމުގައި މަހާނަ ކޮށްނަނީ، އެއީ ހަރާމްކަމެއް: ޑރ. ޝަހީމް
ރުޤްޔާ ކުރުމުގެ ނަމުގައި މަހާނަ ކޮށްނަމުން އަންނަކަމަށާއި އެއީ ހަރާމްކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement
މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުއީ ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ކޮށްނަކަމުގެ މައުލޫމާތު ވެސް ބައެއް ފަހަރު ލިބެމުން އަންނަކަމަށެވެ. އަދި އެއީ ހަރާމްކަމެއްކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ. 
" މިއީ ހުއްދަކަންކަމެއްނޫން. ޝަރުއީ ރުޤްޔާކުރުމުގައި އެފަދަ އެއްވެސް އަމަލެއް ހިންގުމަކީ ޤުރްއާނާއި ސުންނަތުން ސާބިތުވާކަމެއްނޫން." މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިހެންކަމުން ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ އަމަލުތަކަކީ ހަރާމްވެގެންވާ އަމަލުތަކެއްކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. 

ޝަރުއީ ރުޤްޔާއަކީ ބަލިމީހާށް ޝިފާއަށް އެދިގެން ޤުރުއާން ކިޔަވައި އޭނާގެ ގަޔަށް ފުމުން، ނުވަތަ ފެނަށް ކިޔަވައި ފެން ބޯން ދިނުން ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުއާތައް ކިއުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

" މިކަންކަމާމެދު ރައްކާތެރިވުން އެދެން. ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ އެވެ. ދުޢާކުރުމާއި، ބޭސް ބޭނުންކުރުން ފަދަ ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތެވެ." މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިފަަހަކަށް އައިސް ބައެއް ފަރާތްތަކުން ރުޤުޔާކުރުމުގެ ނަމުގައި ޝަރުއު ގޮތުން ހުއްދަ ނޫން ނޭދެވޭ އަމަލުތައް ހިންގަމުންދާކަންވަނީ ސަމާލުކަމަށް އައިސްފައިކަމަށް ޝަހީމް ވިދާޅުވި އެވެ. 
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް