ads
17،000 ފޫޓު މަތިން ފުލައިޓަކަށް ހޮނުއަޅައި ބޮޑެތި ގެއްލުންތަކެއް
ނުރައްކާތެރި ހާދިސާއެއް: 17000 ފޫޓު މަތިން ފުލައިޓަކަށް ހޮނުއަޅައި ބޮޑެތި ގެއްލުންތަކެއް
އިންޑިއާގެ ލަކްނައުއަށް ދަތުރުކުރި އިންޑިގޯ އެއާލައިންސްގެ މަތިންދާބޯޓަކަށް ހޮނުއަޅައި ބޯޓުގެ ކުރީކޮޅަށް (ނޯސް ކޯން) ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
Advertisement

ނަމަވެސް، ފްލައިޓް ކުރޫއިންގެ ކުޅަދާނަކަމާއެކު ބޯޓު ވަނީ ކުއްލި ހާލަތުގައި ރައްކާތެރިކަމާއެކު ޖައްސައި، ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ލަކްނައުއަށް މި ފްލައިޓް ދަތުރުކުރަމުން ދަނިކޮށް، ވައިގެ ތެރޭގައި 17،000 ފޫޓު މަތިންނެވެ. ޖައްވީ ގަދަ ތޫފާނެއްގެ ތެރެއިން ދަތުރުކުރަނިކޮށް ބޯޓުގައި ވަރުގަދައަށް ވިދުވަރު ޖެހުމުގެ ސަބަބުން، ބޯޓުގެ ކުރީކޮޅު ނުވަތަ ނޯސް ކޯންއަށް ވަނީ ފާހަގަކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ވިދުވަރު ޖެހުމުގެ ސަބަބުންނާއި ތޫފާނުގެ ސަބަބުން ބޯޓަށް ވަނީ ވަރަށް ގަދައަށް ލޮޅުންއަރައި، ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައެވެ. ނަމަވެސް ފްލައިޓުގެ ކެޕްޓަނާއި ކުރޫއިން ވަނީ ވަރަށް ކެތްތެރިކަމާއި ހުޝިޔާރުކަމާއެކު، ތޫފާނުގެ ތެރެއިން ބޯޓު ކުރިއަށް ގެންގޮސް، ކާމިޔާބުކަމާއެކު ކުއްލި ހާލަތުގައި ރައްކާތެރިކަމާއެކު ބޯޓު ތިރިކޮށްފަ އެވެ.

މި ހާދިސާގައި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ބޯޓުން ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް އަދި ފްލައިޓުގެ ކުރޫއަކަށްވެސް އެއްވެސް ވަރެއްގެ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ. ފްލައިޓުގެ ކުރޫއިން ދެއްކެވި ކުޅަދާނަކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެ، ފަސިންޖަރުންގެ ރައްކާތެރިކަން ވަނީ ކަށަވަރުކުރެވިފަ އެވެ.

88%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް