ads
މޫޑީސް އިންވެސް މި ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައި
މޫޑީސް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް 'ސީއޭއޭ 2' އިން 'ސީއޭއޭ 1' އަށް މަތިކޮށް، އިގްތިސާދީ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފި އެވެ.
Advertisement

މޫޑީސް އިން މިއަދު ނެރުނު ރިޕޯޓުގައި ބުނި ގޮތުގައި ރޭޓިންއަށް މި ގެނައި ކުރިއެރުމަކީ ކުރު މުއްދަތެއްގައި ރާއްޖެ ދަރަނީގެ ހިރާސްތައް ބޮޑު ތަނުން ކުޑަވެފައިވާ ކަމަށް މޫޑީސްއަށް ގަބޫލު ކުރެވޭތީ ގެނައި ބަދަލެކެވެ. މީގެތެރޭގައި މި އަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބު ކަމާއެކު، ދެއްކުމާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ، އިންޑިއާގެ ރިޒާވް ބޭންކަށް ދެއްކުން ހިމެނެ އެވެ.

މީގެއިތުރުން ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އިންވެސްޓްކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކަށް ފައިސާ ދައްކާ ހަލާސް ކުރުމުގެ އިތުރުން މިދިޔަ އޭޕްރީލް އަށް މެޗުއަވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑް 2031 އަށް ފަސް ކުރުން ހިމެނެ އެވެ.

ހަމައެއާއެކު، ބޭރު ފައިސާގެ ރިޒާވް ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާގެ މިންވަރު އިތުރު ކުރުމާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބައިލެޓްރަލް ފަރާތްތައް މެދުވެރިކޮށް ލިބޭ އެއްބާރުލުން މެދުނުކެނޑި ހާސިލް ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކުގެ ހަރުދަނާކަން މޫޑީސް އިން އާންމުކުރި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މެދުރާސްތާގައި ދައްކަން ހުރި ބޭރު ފައިސާގެ ދަރަނި ދަށްވުމާއި އެކި ގައުމުތަކާއި މާލީ އިދާރާތަކުގެ އެހީތެރިކަން ސަރުކާރަށް ލިބުމަކީ ކުރު މުއްދަތުގައި ކުރިމަތިވެދާނެ މާލީ ގޮންޖެހުންތަކުން ރައްކާތެރިވެ، ރިޒާވް އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ބާރެއް ކަމަށް މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މޫޑީސްއިން ބުނެފައިވާ ގޮތުގައި މި އަހަރު ބަޖެޓު ޑެފިސިޓް އަށް ޕަސެންޓަށް އިތުރުވާނެ އެވެ. އަދި ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ ދަރަނީގެ ނިސްބަތް އުފެއްދުންތެރިކަމުގެ 100 ޕަސެންޓަށްވުރެ ތިރިނުކުރެވޭނެ ކަމަށް އެ އިދާރާއިން ނެރުނު ރޭޓިން އެކްޝަންގައި ބުނެފައިވެ އެވެ. 

މިހާރު އޮތް ރޭޓިންއަކީ ވެސް ބައިނަލްއަގުވާމީ މާކެޓުން ފައިނޭންސް ހޯދުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާނެ ރޭޓިންއެކެވެ. "ސީއޭއޭ-1" އަކީ ވެސް "ނަން އިންވެސްޓްމަންޓް" ގްރޭޑް ރޭޓިންއެކެވެ. 

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ފުދުންތެރިކަން ވަނީ އިތުރަށް ވަރުގަދަ ވެފަ އެވެ. އެގޮތުން ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރު ހިމެނޭހެން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ވަނީ ހޯދައިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 129.2 ޕަސެންޓުގައި ހުރި ދައުލަތުގެ ދަރަނި، ޖުލައި 2026 ގެ ނިޔަލަށް ވަނީ 122.6 ޕަސެންޓަށް ދަށްވެފަ  އެވެ. މިއީ ދަރަނި ދެއްކުމަށް ކުރި މަސައްކަތްތަކާއި ގެންގުޅުނު ހަރުދަނާ ފިސްކަލް ސިޔާސަތުތަކުގެ ނަތީޖާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް